ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ދިފާޢުގައި ވާހަކަދައްކަވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 81 ދުވަސް ކުރިން - 12:09
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން / ފޮޓޯ: އެމްޑީޕީ
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން / ފޮޓޯ: އެމްޑީޕީ
ޚުލާސާ

ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ދޫކޮށްފައި ނޯންނާނެ ކަމަށް އަކްރަމް ކަމަލުއްދީން ވިދާޅުވި.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން، ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެ ކަމަށް ބުނެ، ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ދިފާޢުގައި ވާހަކަ ދައްކަވައިފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކުރަމް ވިދާޅުވީ ސިސްޓަމުގެ ތެރެއިން ގަވާއިދާ ޚިލާފަށް، އުސޫލުން ބޭރުން އެއްވެސް މީހަކަށް ލިޔުން ދޫނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނޯންނާނެ. އެ ސިސްޓަމް ތެރެއިން ދުލެއް ވެސް ނުކުރެވޭނެ،" އަކުރަމް ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަޙުޤީޤު ކުރަމުން އަންނައިރު އަކްރަމް ކަމާލުއްދީނާއި ބައްދަލުކުރައްވައި 30،000 ރުފިޔާ ދިނުމުން ލިސްޓުގައި ނަން ޖައްސަވާފައިވާ ކަމަށް ބުނެ އޭސީސީއަށް ޝަކުވާ ހުށަހަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

ތަޙްޤީޤުތައް ކުރިޔަށްދާ މި މައްސަލައިގައި އަކުރަމްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.        

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%