"ބިންވެރިޔާ" ޖަރީމާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ - ޕޮލިސް

އުސްތާޛް މުޙައްމަދު ޢަލީ | 81 ދުވަސް ކުރިން - 09:55
އަކްރަމް ކަމާލުއްދީންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރާއިރު އޭނާ ވިދާޅުވެފައިވަނީ ފަޒުލްގެ ބޭބެއާއި ވެސް ބައްދަލު ނުވާ ކަމަށް.
އަކްރަމް ކަމާލުއްދީންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރާއިރު އޭނާ ވިދާޅުވެފައިވަނީ ފަޒުލްގެ ބޭބެއާއި ވެސް ބައްދަލު ނުވާ ކަމަށް.
ޚުލާސާ

މައްސަލަ ތަޙުޤީޤުކުރަމުންދަނީ އޭސީސީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން.

ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގައި އިސްކޮށް އުޅުނު ހައުސިންގ މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އިސް މުވައްޒަފުންގެ ޕާސްޕޯޓުތައް ހިފަހައްޓާފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ..

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި އަކްރަމް ކަމާލުއްދީނުގެ ނެޓްވޯކުގައި ހިމެނޭ، ހައުސިންގ މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް އާއި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމް، އަދި ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ޟިރުގާމް ވަހީދު ހިމެނެއެވެ.

މިހާތަނަށް ޖުމްލަ 24 މީހެއްގެ ޕާސްޕޯޓު ވަނީ "ބިންވެރިޔާ" ސްކީމާ ގުޅުންހުރި މައްސަލަތަކުގައި ހިފަހައްޓާފައެވެ. މި ލިސްޓުގައި ހިމެނެނީ ހައުސިންގ މިނިސްޓްރީގެ ކުރީގެ އިސް މުވައްޒަފުންނާއި، އެޗްޑީސީގެ ބޯޑު މެންބަރުންނާއި، އަދި ވަގު ލިޔުން ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެވެ.

"ބިންވެރިޔާ" ސްކީމަކީ ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކަމަށްވާއިރު، މި ސްކީމުގައި ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލަ ތަޙުޤީޤުކުރަމުންދަނީ އޭސީސީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%