ކުރީގެ ވައްކަމާއި ކޮރަޕްޝަން މައްސަލަތަކަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅު

ހުސައިން އިސްމާއިލް | 82 ދުވަސް ކުރިން - 20:11
ވެރިކަން ލިބިވަޑައިގެންފިނަމަ ކުރީގެ ވައްކަމާއި ކޮރަޕްޝަންތައް ބަލައި އިންސާފު ޤާއިމްކޮށްދޭނެ ކަމަށް ބުނި މި ދެރައީސުން އެމައްސަލަތައް ބުރެކި ޖައްސަވައި ހެއްދެވީ އިތުރުފުޅު.
ވެރިކަން ލިބިވަޑައިގެންފިނަމަ ކުރީގެ ވައްކަމާއި ކޮރަޕްޝަންތައް ބަލައި އިންސާފު ޤާއިމްކޮށްދޭނެ ކަމަށް ބުނި މި ދެރައީސުން އެމައްސަލަތައް ބުރެކި ޖައްސަވައި ހެއްދެވީ އިތުރުފުޅު.
ޚުލާސާ

ވެރިންގެ ކޮރަޕްޝަން މައްސަލަތައް ބަލައި ޗެކް ނުކުރެވޭ ވައްކަމުގެ ތާރީޚެއް އޮތް ރާއްޖޭގައި، ވިދާޅުވި ގޮތަށް އެކްޝަން ނެންނެގި ހަމައެކަނި ރައީސަކީ އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު. މިއީ ވެރިންނަށް ނަމޫނާއެއް.

ރާއްޖެއަކީ ކޮރަޕްޝަންގެ މައްސަލަތަކުގެ ދިގު ތާރީހެއް އޮތް ތަނަކަށް ވާއިރު، އެއްވެސް ސަރުކާރަކުން އެމައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށް ނުވަތަ އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައެއް ނެތެވެ. ސަރުކާރުތަކުން ކޮރަޕްޝަނާއި ވައްކަމުގެ ވެރީންތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި ވަނީ ނާކާމިޔާބުވެފައެވެ. އެފްޕީއައިޑީ މައްސަލައާއި، ޔާމީނު އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރަކަށް އުޅުއްވިއިރު ހިންހި ޚިޔާމާތާއި އެމްއެމްޕީއާރުސީގެ މައްސަލައާއި، އެމްޑީޕީގެ ސަރުކާރުގައި ބިން ތައް ވަގަށް ނެގި މައްސަލަތަކާއި، ކޮވިޑްގެ ވައްކަމާއި އަދި ހަމަ އެ ސަރުކާރުގައި ޤައުމުގެ ޚަޒާނާ ދޮވެލި މައްސަލަތައް ނުބެލުމުން، ވެރީންނާއި ދޭތެރޭ އާންމުންގެ އިތުބާރު ކުޑަވެއްޖެއެވެ. ނަމަވެސް ކުށްވެރިންގެ ހައިސިއްޔަތާއި އެމީހުންގެ ނުފޫޒަށް ބެލުމެއްނެތި، ކޮރަޕްޝަނާއި ދެކޮޅަށް ވަގުތުން ފިޔަވަޅުތަކެއް އަޅައި، ރާއްޖޭގެ ކުރީގެ ވެރިކަންތަކުގައި ވަރިހަމަކޮށްލި ފަދައިން ކަންތައްތައް ނުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރާއްޖޭގެ ތާރީހުގައި ހިޔާނާތުގެ އެންމެ ބޮޑު އެއް މައްސަލައަކީ 1990 ގެ އަހަރުތަކުގެ އެފްޕީއައިޑީ މައްސަލައެވެ. 380 މިލިއަން ޑޮލަރުގެ އެ ވައްކަން ކުރި ނެޓްވޯކް ނުހިފުނެވެ. މައްސަލަ ބަލައި ފިޔަވަޅު ނޭޅިއެވެ. އެ ނެގި ފައިސާގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނުފޫޒު ފޯރުވައިގެން ދެމިތިބި މަދު ބަޔަކު މުއްސަނދިވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހާއި ރިޔާސީ ކޮމިޝަނަކުން މީގެކުރިން ތަހުގީގު ކުރިޔަސް، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް މާބޮޑު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އަބްދުއްސައްތާރާއި، ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމާއި، އެބޭފުޅުންގެ ނެޓްވޯކަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ރައްޔިތުންނަށް އިންސާފު ނުލިބި ވެރިކަމާއި މެދު އާންމުންގެ އިތުބާރު ގެއްލިގެންދަނީއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ސަބަބުން ގައުމުގެ އަބުރު އިތުރަށް ހަލާކުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެތައް މިލިއަން ޑޮލަރެއް ވަގަށް ނެގިއެވެ. މިއީ އެފްޕީއައިޑީގެ ޚިޔާނާތަސްވުރެވެސް ބޮޑު ޚިޔާނާތެކެވެ. ގައުމުގެ ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު ގްރާފްޓް މައްސަލަ ކަމަށް ބުނާ މި މައްސަލައިގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި މަތީ މަގާމުތަކުގައި ތިއްބެވި ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަހަރުތަކެއް ވަންދެން ތަހުގީގުތައް ކުރި ނަމަވެސް، މަކަރާއި ހީލަތުގެ ފުރިހަމަ މިންވަރު ހާމަކޮށްފައި ނުވާއިރު، އެކަންވެސް އޮތީ ގާތްގަނޑަކަށް އޮބިފައެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނަމޭ ބުނި އެމްޑީޕީގެ ސަރުކާރުގެ 5 އަހަރު ނިމިގެންދިޔަ އިރުވެސް ކުރެވުނު އެއްވެސް ކަމެއް ނެތް / ފޮޓޯ: ސޯޝަލްމީޑިއާ

ހައްލުނުކުރެވި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ ލިސްޓަށް އިތުރުވަނީ އެމްޑީޕީގެ ވެރިކަމުގައި 5.4 ބިލިއަނަށްވުރެ އަގުހުރި ބިންތައް ވަގަށް ނެގި މައްސަލަތަކެވެ. އަކްރަމް ކަމާލުއްދީން އާއި ފައްޔާޒް އިސްމާޢީލް އަޑީގައި ހުރެގެން ބޭނުން ބަޔަކަށް ބިންތައް މޭޒުދަށުން ދީފައިވަނީ ދަބަސްތައް ފުރޭ ވަރަށް ފައިސާ ހޯދައިގެންނެވެ. މިފައިސާތަކުގެ ތެރެއިން ބައެއް ލޯންޑާ ކުރުމަށް އަކްރަމް ކަމާލުއްދީން ބޭނުންކޮށްފައިވަނީ އަމިއްލަ ދަރިފުޅުގެ ނަމުގައި އުފައްދާފައިވާ އަލްކަޒާރ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެކެވެ. އާންމުން ކިތަންމެ ވަރަކަށް މިވާހަކަތައް ދެއްކި ކަމުގައި ވިޔަސް މިމައްސަލަތަކެއް ނުބެލެއެވެ. ފިޔަވަޅު އަޅާކަށް އެމީސްމީހުންގެ ގެތަކާއި މަސްލަޙަތު ހުރި ކުންގުނިތަކުގެ އޮފީސްތަކަށް ވަދެ ތަޙުޤީޤު ހިންގާފައެއް ނުބެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަކީ ފައިސާގެ ގޮތުން އަގުމަގު ކޮށްފި ކަމަށްވާނަމަ ދިވެހި ތާރީޚުގައިވެސް މިހާތަނަށް އެންމެ ބޮޑެތި ވައްކަންތައް ކޮށްފައިވާ 5 އަހަރެވެ. ނަމަވެސް އެމަނިކުފާނަކަށް ވެސް އެކަންތައް ބަލައި ފިޔަވަޅު އަޅަން ކެރިވަޑައެއް ނުގަތެވެ.


ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި ބަދަލެއް އައިސްފައިވާ ކަމަށް ފެނެ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރޭގައި ކޮރަޕްޝަން ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭތާ 24 ގަޑިއިރުގެ ތެރޭގައި ވަނީ އެކަމުގައި ބައިވެރިވި މީހުން ސަސްޕެންޑްކޮށް ތަހުގީގުތައް ފަށާފަ އެވެ. ރައީސް ޑރ. މުޢިއްޒު ވައުދުވެވަޑައިގަންނަވަނީ ވެރިކަން ހިންގުމަށް ނަމޫނާއެކެވެ. ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަނަށް ތަޙައްމަލު ނުކުރާނެކަމަށް ބާރުއަޅުއްވައި، މަޤާމަށް ބެލުމެއްނެތި ޖަވާބުދާރީ ކުރުވުމަށް ވަޢުދުވެވަޑައިގެންފައެވެ.

އެމްޑީޕީ ސަރުކާރުގައި ހާވާފައިވާ ހަޑީގެތެރެއިން ދީފައިވާ ގޯތިތައް ކަމަށް ވިޔަސް، ނުވިޔަސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފިޔަވައި ދިވެހި ތާރީޚުގައި ވެސް މަލްޓިޕާޓީ ވެރިކަމުގައި މިހާ އަވަހަށް އެކްޝަން ނެންގެވި ލީޑަރެއް ނެތެވެ. މިއީ ވެރިންނަށް ނަމޫނާ އެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%