ބިންވެރިޔާ ސްކީމްގެ މައްސަލައާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، އެމީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެފިއެވެ.
ފުރުން މަނާކުރިނމީހުންގެ ނަންތައް
އިބްރާހިމް ފަޒުލް ރަޝީދު، މ. ޒޭވަރު
އިބްރާހިމް ޔޫސުފްފުޅު، އަތިރީގެ، ނ. ވެލިދޫ
މުހައްމަދު ވިޝާމް، ވ. ވަސްމީރުފިޔަ
އުލާ މުހައްމަދު ރަޝީދު އިބްރާހިމް، ގ. ގަސްކަރަ
އާރިފް އަބްދުއްސަމަދު، ދަފުތަރު 9241
މުހައްމަދު ނާޖިލް، ހ. ފަށަން
މުހައްމަދު ވަހީދު، މަބުއްސްތާނުގެ ހއ. ފިއްލަދޫ
ޔޫސުފް ވަހީދު، ބޮޑުގެ، ހއ. ވަށަފަރު
އަޒުހަރު އަބްދުﷲ ސައީދު، ސީނާޒު، ގދ. މަޑަވެލި
މުހައްމަދު ފަޒީލް ރަޝީދު، މ. ޒޭވަރު
އަބްދުލް މަޖީދު މާހިރު، ޖަމީލާމަންޒިލް، ހއ. ދިއްދޫ
މަރިޔަމް ސާއީ، ހަޒާރުމާގެ، ސ. ފޭދޫ
މަރިޔަމް ނިޔާޒާ، ހުޅުމާލެ ގޯތި ނަންބަރު 10794 (އަނާރު، ކ. މާލެ)
އަހުމަދު ވިޝާން ނަސީމް، މއ. އިހާދޫ
އަބްދުﷲ ފާއިދު، ހ. މާފާގާ
އަބްދުﷲ ޝުހޫދު، މ. ސްލިޕްވޭއާގެ
އަހުމަދު އައިމަން، މ. އަޒުމާ
އަހުމަދު ޔާމީން، ކަސީރާގެ، ސ. މަރަދޫ
ޟިރުގާމް ވަހީދު، މއ. ވިރާހު
މުހައްމަދު އާރިފު، ނެދުންގެ، ހއ. އިހަވަންދޫ
މި 20 މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިއްޔެއިން ފެށިގެން 03 މަސްދުވަހަށެވެ.
މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާއިރު، އަކްރަމް ކަމާލުއްދީނަށް ވެސް ގިނަ ތުހުމަތުތަކެއް ކުރެވެމުން ދެއެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް މިހާތަނަށް ހިފެހެއްޓިކަމެއް އަދި ޔަޤީނެއް ނުވެއެވެ.
އެހެންނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ 2024 ވަނަ އަހަރުގެ ޑިސެންބަރު 18 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ފެތުރުނު މަޢުލޫމާތުތަކާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އެޗްޑީސީގެ އެމްޑީ ފަޒުލް ބުދަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވެފައިވަނީ އޭނާގެ ބޭބެއަށް ގޯތި ދިނީ އެޗްޑީސީއަކުން ނޫނެވެ.
މި ހާދިސާއާ ގުޅިގެން، ބުރާސްފަތި ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ޗެއަރމަން އަޙްމަދު ނާޞިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން، އެމްޑީ ފަޒުލް ހިމެނޭ ގޮތަށް، ސަސްޕެންޑްކޮށްފައެވެ