ގްރޫމްކުރުމުގެ ތުހުމަތުވާ ޓީޗަރު ބަންދުން ދޫކޮށްލައިފި

އަހްމަދު އީޒާން | 131 ދުވަސް ކުރިން - 18 ޑިސެންބަރު 2024 13:17
ޚުލާސާ

މި ޙާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މުޖުތަމަޢަށް ނުރައްކަލެއް ނެތް ކަމަށް ބަލާފައި.

ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާކުރަން އެދި ފޮނުވާފައިވާ ޓީޗަރު އިއްޔެ ބަންދުން ދޫކޮށްލައިފިއެވެ.

މި ޙާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މުޖުތަމަޢަށް ނުރައްކަލެއް ނެތް ކަމަށް ބަލާފައެވެ. މި ޙާދިސާ ހިނގީ މެދު ރާއްޖެ ތެރޭގެ ރަށެއްގައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރުކުރި އެ މީހާގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ދިނީ 20 ދުވަހެވެ. އަދި ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދީފައިވެއެވެ.

ވިއްސަކަށް ކުދިން ހިމެނޭ މި މައްސަލާގައި ހައްޔަރުކުރި އުމުރުން 29 އަހަރުގެ ފިރިހެން މީހާއަށް ދައުވާކޮށްދޭން އެދި މިދިޔަ މަހުގެ 25 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފައެވެ.

ކުޑަކުދިންނާ ގުޅޭ މިކަހަލަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ޙާދިސާ ހިނގި ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ކަހަލަ، ކުދިންގެ މަޢުލޫމާތު އެނގިދާނެ އެއްވެސް މަޢުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފުސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%