ޤާނޫނާއި ޚިލާފަށް ބުރިޖު ބަންދުކޮށްގެން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ޓެކްސީ ޑްރައިވަރުން ދޫކޮށްލުމަށް އެދި ހަމަހިމޭން އިހުތިޖާޖެއް ކުރިއަށްގެންދަން ޓެކްސީ ޑްރައިވަރުން ނިންމައިފިއެވެ.
ޑްރައިވަރުން އިންތިޒާމްކުރި ފުރަތަމަ އެއްވުން ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. ޓެކްސީ ޑްރައިވަރުންގެ ކޮމިއުނިޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާ މި އިހުތިޖާޖު ގެންދާނީ ސުލްހަވެރިކަމާއެކުގައެވެ.
މި އެއްވުންތަކުގެ މަޤްޞަދަކީ ހައްޔަރުކޮށްފައިވާ ޑްރައިވަރުން ދޫކޮށްލުމާއި، ޓޯކޮށްފައިވާ ކާރުތަކުގެ ތެރެއިން ދޫކޮށްނުލައި ހުރި ކާރުތައް ދޫކޮށްލުމަށް ގޮވާލުން ކަމަށް ޑްރައިވަރުން ބުނެފައިވެއެވެ. އަދި މި އެއްވުންތައް ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށާއި، ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އެއްވުންތައް ހުއްޓާނުލާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
ސަރުކާރުން ޓެކްސީ ޚިދުމަތް ދޭން އުޅެނީ ކަމަށް ބުނެ އެކަމާއި ދެކޮޅުހަދައި، ޓެކްސީ ފްލީޓުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި އެހެން ނޫންނަމަ ޓެކްސީ ޑްރައިވަރުންގެ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އިތުރު ޓެކްސީނލައިނެއްގެ މަސައްކަތް އަދި ސަރުކާރުން ނުވެސް ފަށާއިރު، ޓެކްސީ ޑުރައިވަރުން ލައްވައި މުޒާހަރާކޮށް، ދަތުރުފަތުރު ކުރުމުގައި ޢާންމުންނަށް އުނދަގޫވާ ގޮތަށް ބުރިޖު ބަންދުކޮށް މުޒާހަރާތައް ކުރުމުގެ ފަހަތުގައި އިދިކޮޅު ސިޔާސީ ފަރާތްތައް ވެއެވެ.