ހައުސިން މިނިސްޓްރީގެ މުހިންމު މަޢުލޫމާތުތައް ގެއްލިދާނެކަމުގެ ބިރު އެބައޮތް - ވަޒީރު

އުސްތާޛް މުޙައްމަދު ޢަލީ | 90 ދުވަސް ކުރިން - 08:49
ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު.
ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު.
ޚުލާސާ

ހިންގަމުންދިޔަ އެންމެހާ މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައްކާކުރެވިފައި ހުރީ އެ ސާވަރުގައި. އެ ސާވަރަށް އެކްސެސް ނުވެވޭނަމަ، އެ މަޢުލޫމާތުތައް އަލުން ހޯދުމުގެ އެއްވެސް ގޮތެއް ނޯންނާނެ.

ހައުސިން މިނިސްޓްރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި، އެ މުއައްސަސާގެ މުވައްޒަފުންނާއި ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު ރައްކާކޮށްފައިވާ ސާވަރަށް ގެއްލުން ލިބި، އެ މަޢުލޫމާތުތަކަށް އެކްސެސް ނުވެވިއްޖެނަމަ، އަލުން އެ މަޢުލޫމާތު ހޯދުމަކީ ނާދިރު ކަމެއްކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި މިނިސްޓްރީގެ އެންމެހާ ލިޔެކިޔުންތަކާއި ޑިޖިޓަލް މަޢުލޫމާތުތައް ހުރި ސާވަރު އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ސާވަރުގައިވާ މަޢުލޫމާތުތައް އަނބުރާ ހޯދުމުގެ އުންމީދު ކުޑަކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިނިސްޓްރީގައި ހުރި ގާތްގަނޑަކަށް ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް ގެއްލިގެން ދިޔައީ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ސާވަރު ސަލާމަތްކުރެވޭނެ ކަމަކަށް މިވަގުތު ނުފެނޭ. އެހެންވެއްޖެނަމަ އެއީ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މަޢުލޫމާތެއް ގެއްލިގެން ދިޔައީ،" ޑރ. ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހައުސިން މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ ރެކޯޑުތަކާއި، މިނިސްޓްރީން ކުރިއަށްގެންދިޔަ އެންމެހާ މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައްކާކުރެވިފައި ހުރީ މި ސާވަރުގައި ކަމަށެވެ. އަދި މި ސާވަރަށް އެކްސެސް ނުވެވިއްޖެނަމަ، އެ މަޢުލޫމާތުތައް އަލުން އަނބުރާ ހޯދުމުގެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންގެ މަޢުލޫމާތާއި، ހިންގަމުންދިޔަ އެންމެހާ މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައްކާކުރެވިފައި ހުރީ އެ ސާވަރުގައި. އެ ސާވަރަށް އެކްސެސް ނުވެވޭނަމަ، އެ މަޢުލޫމާތުތައް އަލުން ހޯދުމުގެ އެއްވެސް ގޮތެއް ނޯންނާނެ. ހުރިހާ ލިޔެކިޔުމެއްވެސް އަނދައިގެން ދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%