ވާނުވާގައޭ ވިދާޅުވެ ރައީސް އިބޫ އިތުރުފުޅު ހައްދަވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 138 ދުވަސް ކުރިން - 11 ޑިސެންބަރު 2024 11:00
ފޮޓޯ: ގާފު
ފޮޓޯ: ގާފު
ޚުލާސާ

ފްލެޓާއި ގޯތި ލިސްޓުތައް އޮތީ "ވާނުވާ" ޖަހާފައި ކަމަށް ވިދާޅުވި ވިދާޅުވުމަކީ ސައްހަ މައުލޫމާތެއް ނޫން. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެމްޑީޕީން އެ ލިސްޓު ހަދާފައިވާތީވެ މިސަރުކާރުން ބޭނުމީ ހައްގުތައް ކަށަވަރުކުރުން.

ފުލެޓް ލިސްޓަށް ވާނުވާ ޖަހައިފި ކަމަށް ބުނެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިފާޅުވި ބަސްފުޅުތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެކެވެ. ފްލެޓާއި ގޯތި ލިސްޓުތައް އޮތީ "ވާނުވާ" ޖަހާފައި ކަމަށް ވިދާޅުވި ވިދާޅުވުމަކީ ސައްހަ މައުލޫމާތެއް ނޫނެވެ.

އެމްޑީޕީ ސަރުކާރުން އިންތިޚާބާއި ދިމާކޮށް އަވްސްއަރުވާލައިގެން ނެރުނު ލިސްޓުތައް ވަނީ ވަރަށް ފުރިހަމައަށް ޗެކްކޮށް، އިންސާފުވެރި ގޮތެއްގައި އެކުލަވާލާފައި ކަމަށް ވިދާޅުވާއިރު، އެމްޑީޕީ ސަރުކާރުން ފްލެޓް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ފާހަގަ ކޮށްފައެވެ.

މިހާރުގެ ސަރުކާރުން ވަނީ އެ ލިސްޓުތައް އަލުން މުރާޖަޢާކޮށް، ހައްގުވެރިންނަށް ފްލެޓް ލިބޭނެ ގޮތް ހަދައިދީފައެވެ. ލިސްޓު ނެރުން ލަސް ވަނީ ވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް އަޔަ ނުދިނުމަށް ޓަކައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ފުލެޓުތަކާބެހޭ މިނިސްޓަރު ހައިދަރު ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އައިޑީކާޑުގެ އެއްފަޅި ދައްކައިގެން ވެސް ފުލެޓް ލިސްޓުގައި ނަން ހިމަނަފައިވާއިރު، ފޯމު ނުފުރާ މީހުންގެ ނަންތައް ވެސް ހިމަނާފައިވާ ކަމަށް ރަައީސް ޑރ. މުޢިއްޒު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅުތަކަކީ ޙަޤީޤަތާއި ޚިލާފު، ސިޔާސީ ބޭނުމަށްޓަކައި ދައްކަވާފައިވާ ވާހަކަތަކެކެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިހާރުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓްރީން ފާހަގަ ކުރެއެވެ..

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%