އެމްޑީޕީން އެތައް ޚަރަދެއް ކޮށްގެން ބާއްވަން އުޅުނު ބޮޑު ޖަލްސާ ފުލޮޕަކަށް ވެއްޖެ

ހުސައިން އިސްމާއިލް | 92 ދުވަސް ކުރިން - 22:08
އެމްޑީޕީގެ ބޮޑު ޖަލްސާގެ ތެރެއިން. 1700 ގޮނޑި ޖެހިއިރު އައީ މަދު ބަޔަކު.
އެމްޑީޕީގެ ބޮޑު ޖަލްސާގެ ތެރެއިން. 1700 ގޮނޑި ޖެހިއިރު އައީ މަދު ބަޔަކު.
ޚުލާސާ

އެސްޓިމޭޓްކުރީ މަދުވެގެން 5000 މީހުން އެއްކުރަން. އިސް ސަފުގެ މީހުންނަށް 1700 ގޮނޑި ޖެހުމަށްފަހު މުޅި ސަރަޙައްދުގައި މީހުން ކޮޅަށް ތިބޭ ގޮތަށް ޕްލޭންކުރީ. ނަމަވެސް އެއްވުމަށް އައީ މަދު ބަޔަކު.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ޖަލްސާ އަށް އެޕާޓީން އުއްމީދުކުރި ވަރާއި ގާތަށް ވެސް މީހުން ހާޒިރެއް ނުވިއެވެ.

އެމްޑީޕީން މަދުވެގެން 5،000 މީހުން މުޒާހަރާގައި ބައިވެރިވާނެ ކަމަށް އުންމީދުކޮށްގެން ތިބި ނަމަވެސް، އެއްވުމަށް އައީ ހީކުރި ވަރަށްވުރެ މަދު ބަޔެކެވެ. މުޒާހަރާ ބޭއްވުމަށް ކާނިވާ ސަރަހައްދުގައި ކުރިމަތީ ސަފުތަކަށް 1،700 ގޮނޑި އެމްޑީޕީން ޖެހިއެވެ. އާންމު މެމްބަރުންނާއި އެކްޓިވިސްޓުންނާއި ބިދެސީން އެ ސަރަޙައްދުގައި ކޮޅަށް ތިބޭ ގޮތަށް ޕްލޭން ކުރިއެވެ. ނަމަވެސް، އެއްވުމަށް އައި މީހުންގެ ޢަދަދު މަދުވެ، ހުސް ގޮނޑިތައް އާދަޔާއި ޚިލާފަށް ގިނަ ވުމުގެ ސަބަބުން ފައްޔާޒާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާޔޫސްވެވަޑައިގެންފިއެވެ.

މުޒާހަރާއަށް މީހުން ގެނައުމަށް އެމްޑީޕީން ވަނީ މާލެ އާއި ހުޅުމާލޭގައި އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖަލްސާތަކާއި ސައިކަލު ބުރުތައް ބާއްވައި، ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މުޒާހަރާއަށް އަންނަ މީހުންނަށް ދަތުރު ޚަރަދާއި މާލޭގައި ތިބުމުގެ ޚަރަދު ވެސް ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރި ކުރީގެ މެންބަރަކު ބުނި ގޮތުގައި، މުޒާހަރާއަށް މީހުން ގެނައުމަށް ގިނަ ރަށްރަށުގައި ތިބި ސަޕޯޓަރުންނާ ވާހަކަދައްކައި، ހުރިހާ ޚަރަދެއް ޕާޓީން ހަމަޖައްސާނެ ކަމަށް ބުނުމުން ވެސް ގިނަ ސަޕޯޓަރުން މުޒާހަރާއަށް އަންނާކަށް ބޭނުމެއް ނުވީ އެމްޑީޕީން ސިޔާސީ މަޤްޞަދެއް ޙާޞިލްކުރަން އުޅޭތީއާއި ޤައުމުގައި ހަމަނުޖެހުން އުފައްދައި ރައީސުލްޖުމްހޫރިއްޔާ އަށް ޙަމަލާ ދިނުމަށް ޕްލޭން ކުރާތީ ކަމަށް ތުހުމަތު ކުރެވޭތީއެވެ. އަދި ބަޑި ގުދަން ފަޅަން އެމްޑީޕީ އެކްޓިވިސްޓުން ގޮވަމުންދާތީވެ، ހަމަނުޖެހުމެއް ހިންގަން ގިނަ ރައްޔިތުން ދެކޮޅު ހަދާތީއެވެ. މީގެ އިތުރަށް މެމްބަރު ވިދާޅުވީ، މިހާރުގެ ސަރުކާރަށް ރައްޔިތުން އިތުބާރު ކުރާ މަންޒަރު ފެންނަ ކަމަށެވެ. .

"ގިނަ ސަޕޯޓަރުން ބުނަނީ އެމްޑީޕީއަށް ވެސް ފަސް އަހަރު ލިބުނޭ ކަންކަން ރަނގަޅު ކުރަން. ނަމަވެސް އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވުނޭ. އަދި ފެއިލްވި ބޭފުޅުން ލީޑަޝިޕްގައި ތިއްބަވައިގެން ރަނގަޅު ބަދަލެއް ގެނެވިދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވެއޭ، އަނެއްކޮޅުން މިސަރުކާރަށް ރައްޔިތުން ތާއީދުކުރޭ. އެމްޑީޕީގެ ސަޕޯޓަރުންނަށް އެބަ އެނގޭ ކަންތައްތައް މި ވަމުންދާ ގޮތް" އެ ކުރީގެ މެންބަރު ވިދާޅުވިއެވެ.

މުޒާހަރާ ޕްރޮމޯޓްކުރުމަށް އެމްޑީޕީން ވަނީ ކުރީގެ ރައީސް މުޙައްމަދު އަމީނަށް ހެދި ގޮތް ރައީސް މުޢިއްޒަށް ހަދާނެ ކަމަށް ބުނެ ގިނަ އިންޒާރުތަކެއް ވެސް ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%