ޑްރަގް ވިޔަފާރިކޮށް، 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯންޑަރކުރި ބޮޑު ނެޓްވޯކެއް ފުވައްމުލަކު ސިޓީއިން އަތުލައިގެންފި

އާނާ ފަހީމް | 94 ދުވަސް ކުރިން - 14:17
ފުވައްމުލަކު ސިޓީގައި ހިންގަމުންދާ "އޮޕަރޭޝަން ވެށި ރައްކަލް"ގެ ތެރެއިން
ފުވައްމުލަކު ސިޓީގައި ހިންގަމުންދާ "އޮޕަރޭޝަން ވެށި ރައްކަލް"ގެ ތެރެއިން
ޚުލާސާ

ފުވައްމުލަކުގައި ހިންގި "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކޮށް، މަނީ ލޯންޑަރ ކުރަމުންދިޔަ ނެޓްވޯކެއް އަތުލައިގަނެ، އެކަމުގައި އިސްކޮށް އުޅުނު ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފި.

ފުވައްމުލަކު ސިޓީގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަމުންދާ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކޮށް، މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް އުޅުނު ނެޓްވޯކެއް އަތުލައިގަނެފިއެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4،408 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވައި ސުވާލުކޮށް ފާސްކޮށްފައިވާއިރު، ޖުމްލަ 58 މީހުން ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދޫޑިގަން/ ކަރަންކާވިލާ އުމުރުން 34 އަހަރުގެ އަހުމަދު ނިއުޝާދުއާއި ފުވައްމުލައް ދޫޑިގަން/ ޒަމާނީގެ، އުމުރުން 29 އަހަރުގެ ހަސަން ޢާޒިމެވެ. ފުލުހުން ވިދާޅުވިގޮތުގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނިއުޝާދުގެ ބޭންކް އެކައުންޓް މެދުވެރިކޮށް 21 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާއިރު، ފާއިތުވި 2 އަހަރު ތެރޭގައި ހަސަން ޢާޒިމްގެ ބޭންކް އެކައުންޓް މެދުވެރިކޮށް 7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން 21 މީހަކާއި 2 ކުންފުންޏެއްގެ އެކައުންޓުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި، އެ ފަރާތްތަކަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%