ދުންފަތް ކޮންޓްރޯލުކުރުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަނީ

އައިޝަތު ރުވާ ރިފްޢަތު | 96 ދުވަސް ކުރިން - 09:03
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް/  ފޮޓޯ: ރައީސް އޮފީސް
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދުންފަތް ކޮންޓްރޯލު ކުރުމުގެ ޕްލޭންގެ މަސައްކަތް ކުރަން ބައިނަލްއަގްވާމީ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވި ނަމަވެސް ސަރުކާރުން ބޭނުންވަނީ މި ޕްލޭނުގެ މަސައްކަތުގައި ދިވެހިރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި.

ދުންފަތް ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމެއް ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ "އަދާއި މާދަމާގެ ޖީލު ދުންފަތުން ރައްކާތެރިކުރަމާ" ނަމުގައި ދައުލަތުގެ މީޑިއާއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތް ކޮންޓްރޯލު ކުރުމުގެ ޕްލޭންގެ މަސައްކަތް ކުރަން ބައިނަލްއަގްވާމީ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވި ނަމަވެސް ސަރުކާރުން ބޭނުންވަނީ މި ޕްލޭނުގެ މަސައްކަތުގައި ދިވެހިރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންކަމަށެވެ. އަދި އިއްޔެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ މައިގަނޑު ބޭނުމަކީ ދިވެހިރައްޔިތުންގެ ޚިޔާލާއި ލަފާ ހޯދުންކަމަށް ވެސް މިިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވެދޭ ސިޒޭޝަން ކްލިނިކްތައް ހުރިހާ ރަށެއްގައި ގާއިމްކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އަދި ދުންފަތާއި ދުރުވާން ބާރުއެޅުމަށް ދުންފަތާއި ދުރުވުމުގެ ފަރުވާއަށް ބޭނުންވާ ނިކޮޓިން ޕެޗު، ގަމް ފަދަ ތަކެތި އާސަންދައިން ކަށަވަރުކުރާ ގޮތަށް ވެސް ސަރުކާރުން ވަނީ ނިންމާފައިކަމަށް މިނިސްޓަރު ނާޒިމް ހާމަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%