އެންޓިބަޔޮޓިކް-ރެސިސްޓެންޓް ބެކްޓީރިއާގެ ނުރައްކާ ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑު: މެޑަމް ސާޖިދާ

އާނާ ފަހީމް | 100 ދުވަސް ކުރިން - 16:14
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޖަރާސީމުތަކާއި ދެކޮޅަށް ބޭނުންކުރާ ބޭސްތައް ނަހަމަގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގައި ބޭނުންކުރުމުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާވެ، ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ.

ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވުނު ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރިސިސްޓެންސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ބޭހަށް ނުގުޑާ ޖަރާސީމުގެ މައްސަލައަކީ ހަމައެކަނި ސިއްޙީ ދާއިރާއަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. އެކަމަނާ ވިދާޅުވިގޮތުގައި މި މައްސަލައިގެ ސަބަބުން އިންސާނުންގެ ކާބޯތަކެތީގެ ނިޒާމަށާއި، މަސްވެރިކަމަށާއި، ތިމާވެށްޓަށާއި، އަދި ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ވެސް އަސަރުކުރާނެއެވެ.

"ސިއްޙީ ނިޒާމުން ދަނީ ބޭހަށް ނުގުޑާ ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރަމުން. އެކަމަކު ސިއްޙީ ނިޒާމަށް އެކަނި އެކަން ކާމިޔާބެއް ނުކުރެވޭނެ. އެހެންކަމުން ހެލްތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިޖުތިމާޢި އެހީތެރިންނާއި، ޕޮލިސީ އެކުލަވާލާ ފަރާތްތައް ހިމެނޭހެން ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވޭ." މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން، މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި މި މައްސަލައަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރު ކުރުވާނެ ކަމެކެވެ. އެހެންކަމުން، ރާއްޖެ ފަދަ ޤައުމަކަށް މިކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%