ޞިއްޙަތާއި ތިމާވެށްޓާއިބެހޭ އޭޝިޔާ ޕެސިފިކް ފޯރަމް ގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

އާނާ ފަހީމް | 101 ދުވަސް ކުރިން - 19:44
ޚުލާސާ

ޑިސެމްބަރ 1 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސިއްޙަތާ ބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ދިވެހިރާއްޖެ އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓްގައި ބައިވެރިވުމަށް ނިންމައިފި

އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓް (އޭ.ޕީ.އާރް.އެފް.އެޗް.އީ)ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސިއްޙަތާއޮ ބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެންނެވެ.

އޭ.ޕީ.އާރް.އެފް.އެޗް.އީގައި ބައިވެރިވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި، މެންބަރު ޤައުމުތަކާއެކު ގުޅުން ބަދަހިވުމާއި، ސިއްޙަތާއި ތިމާވެށްޓާއި ގުޅޭ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމާއި ތަންފީޛުކުރުމަށް ސަރަޙައްދީ އެއްބާރުލުން ލިބުން ހިމެނެއެވެ. މީގެ އިތުރުން، ތިމާވެށި ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޢާންމު ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

2004 ވަނަ އަހަރު އުފެދުނު މި ފޯރަމްގެ މަޤްޞަދަކީ ސިއްޙަތާއި ތިމާވެށީގެ ދާއިރާތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ތިމާވެށި ހިމާޔަތްކޮށް ޢާންމު ސިއްޙަތު ރައްކާތެރިކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%