ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވުން އަންނަ އަހަރަށް ފަސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 106 ދުވަސް ކުރިން - 19:31
އެއަރޕޯޓުގެ އައު ޓާރމިނަލް/ ފޮޓޯ: އޭވިއޭޓާރސް
އެއަރޕޯޓުގެ އައު ޓާރމިނަލް/ ފޮޓޯ: އޭވިއޭޓާރސް
ޚުލާސާ

އަހަރު ޓާރމިނަލްގެ ބައެއް ހުޅުވުމުގެ ފުރުސަތު އޮތް ނަމަވެސް، ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި އޭއޯސީ އިން ލަފާދީފައިވަނީ އަވަސް އަވަހަށް ނުހުޅުވުމަށް އެމްއޭސީއެލް އިން ހާމަކުރި.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އައު އިންޓަރނޭޝަނަލް ޓާރމިނަލް ހުޅުވުން 2025 ވަނަ އަހަރުގެ ޖުލައި މަހަށް ފަސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެއަރލައިން އޮޕަރޭޓަރސް ކޮމިޓީ (އޭއޯސީ) ގެ ލަފާގެ މަތިން، ހުރިހާ ފަސިންޖަރުންނަށްވެސް އެއްވެސް މައްސަލައެއް ނެތި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދިންގޮތުގައި، އައު ޓާރމިނަލްގެ މަސައްކަތް މިހާރު 85% ނިމިފައިވެއެވެ. މި އަހަރު ޓާރމިނަލްގެ ބައެއް ހުޅުވުމުގެ ފުރުސަތު އޮތް ނަމަވެސް، ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި އޭއޯސީ އިން ލަފާދީފައިވަނީ އަވަސް އަވަހަށް ނުހުޅުވުމަށެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ. "ޓެކްނިކަލީ ބަލާއިރު، ޓާރމިނަލްގެ ބައެއް ހުޅުވުމަށް ތައްޔާރުވެފައިވޭ. ނަމަވެސް، ހުރިހާ ޓެކްނިކަލް ކަންކަން ރަނގަޅަށް ބެލުމަށްފަހު، އެއްވެސް މައްސަލައެއް ނެތި ކާމިޔާބުކަމާއެކު ހުޅުވުމަށްޓަކައި ހުޅުވުން ލަސްކުރުމަށް އޭއޯސީ އިން ލަފާދީފައިވޭ" ކަމަށެވެ.

ވީއައިއޭގެ އައު ޓާރމިނަލަކީ އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%