ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް ފުރާވަޑައިގެންފި

އަައިޝަތު ޒީނާ | 113 ދުވަސް ކުރިން - 23:49
ޚުލާސާ

މި ދަތުރުފުޅުގައި ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ބުނި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%