“މި ޤާނޫނަކުން އެއް ދުވަސްތެރޭގައި، މެމްބަރަކު ކަނޑާލާފައި މަޖިލީހުން ބޭރުކުރާކަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ބާރެއް ނުލިބޭނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 20 ވަނަ ޖަލްސާގައި ޕާޓީ ބަދަލުކުރުުމުން ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާޢީދު ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް މިއަދު ވިދާޅުވީ، ރައްޔިތުން ކައިރިއަށް ގޮސް ޕާޓީގެ ޓިކެޓުގައި ހޮވިފައި، އެހެން ޕާޓީއަކަށް ބަދަލުވުމުގެ ހައްޤެއް ނޯންނާނެ ކަމަށާއި، ވަކި މެނިފެސްޓޯއެއް ހިފައިގެން، ވަކި ޕާޓީ އަކަށް ތާޢީދުކޮށްގެން އެ ޓިކެޓުގައި ހޮވުމަށް ފަހު ތިބެން ޖެހޭނީ އެ މަޤާމުގައެވެ.
ނާޡިމް ވިދާޅުވީ، ގޮނޑި ގެއްލުވާލުމާއި ޕާޓިިއިން މެމްބަރަކު ވަކިވުން ޤާނޫނާއި ހަމަތަކުގެ މަތިން އަންނަންޖެހޭ ކަމަށް ސާފުކޮށް އެބައޮތްކަމަށެވެ. އެގޮތުން މަޖިލީސް މެމްބަރެއްގެ ގޮނޑި ހުސްވިކަން ކަނޑައަޅަނީ ސުޕްރިމް ކޯޓުން ކަމަށާއި، ކަނޑައަޅާއިރު ޤާނޫނުގައި ވާގޮތަށް ކަންތައްތައް ވެފައި އޮތްތޯ ކޯޓުން ބައްލަވާނެ ކަމަށް ވެސް މަޖިލިސް ނައިބު ރައީސް ވަރަށް ސާފުކޮށް ވިދާޅުވިއެވެ..
ޤާނޫނުގެ 73 ވަނަ މާއްދާގެ (ބ) ގެ 1,2,3 އަށް ގެންނަ އިޞްލާޙުގައި ވަނީ ޤާނޫނާއި ޤަވާޢިދުގައި ބަޔާންވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއިން މެމްބަރުން ވަކިކުރުން ކަމަށް ވާއިރު، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް އޮންނަނީ މިހެން ކަމަށް ވެސް ޢިއްޒަތްތެރި މެމްބަރު ނާޡިމް ވިދާޅުވިއެވެ.