އިހަވަންދިއްޕޮޅު މަޝްރޫޢުގެ އަމަލީ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ފެށޭނެ: ވަޒީރު ސައީދު

އާނާ ފަހީމް | 124 ދުވަސް ކުރިން - 17:34
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއްޔެ ބޭއްވި ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއްޔެ ބޭއްވި ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ.
ޚުލާސާ

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ ގުޅިލާމެހިފައިވާ، ދިވެހިރާއްޖޭގެ އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ ރޭވުމުގެ ބައެއް.

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާ ގުޅުންހުރި އިތުރު މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އަދި އޭޝިއާ އިންވެސްޓުމަންޓުގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމަރޝަލް އޮފިސަރ ޓަން ކުން ޗިއާއޯ ޖޯޖްއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރުމާއެކު ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓު ކުންފުނީގެ ފަރާތުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާނެއެވެ. އަދި ތަފްސީލީ އެގްރިމެންޓެއްގައިވެސް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި މަސައްކަތްތައް އަމަލީގޮތުން ފެށުން، މިއީ 6 މަސްދުވަސްތެރޭގައި ކުރިއަށްދާނެ ކަންތައްތަކަކީ، ދެން އަމަލީ މަސައްކަތްތައް ފެށުމަށް އެކުންފުނީގެ ޓެކްނިކަލް ބޭފުޅުން އެތަނަށް އައުމާއި، އެކި ކަހަލަ ދިރާސާތައް ކުރުމާއި، މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ގެންދަން ޖެހޭހުރިހާ އިންތިޒާމުތަކެއް ކުރިއަށްގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 100 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކެޕިޓަލް އޭޝިއާ ކުންފުނީގެ ފަރާތުން ކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢަށް ފަންޑުކުރާނީވެސް ކެޕިޓަލް އޭޝިއާ ކުންފުނިންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދައުލަތުން ބާޑަންއެއް ނަގަން ނުޖެހި، ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕް މޮޑެލްގައި ކުރިއަށްގެންދާ އިރުގައި، ކޮންފިޑެންސް ނުވަތަ ޔަޤީންކަން ގެނައުމަކީ ކުރަން ޖެހޭ ކަމެއް. ވަރަށް ގިނަ މަސައްކަތްކުރެވިގެން 100 މިލިޔަން ޑޮލަރުގެ މަޝްރޫޢަކާއި ހަމައަށް މިދިޔައީ." ވަޒީރު ވިދާޅުވިއެވެ.

"މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ދަށުން ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރާނެ ކަންކަމުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކްރޫޒް ޓޫރިޒަމް ތަރައްޤީކުރުމާއި ފަތުރުވެރިކަމާ ގުޅުންހުރި އިތުރު މަސައްކަތްތަކާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއް ތަރައްޤީކުރުން ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%