ރާއްޖެއަށް އައު ސިނާޢަތްތައް ތަޢާރަފްކުރުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެ: ވަޒީރު ސަޢީދު

އާނާ ފަހީމް | 125 ދުވަސް ކުރިން - 13:36
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު ސައީދު ވާހަކަފުޅުދައްކަވަނީ
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު ސައީދު ވާހަކަފުޅުދައްކަވަނީ
ޚުލާސާ

ރާއްޖެއަށް އައު ސިނާޢަތްތައް ތަޢާރަފްކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން އެކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ވަޒީރު ސައީދު ވިދާޅުވެއްޖެ.

ރާއްޖެއަށް އައު ސިނާއަތްތައް ތަޢާރަފްކުރުމަކީ ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއް ނަމަވެސް، ސަރުކާރުން އެކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ޮޖެކްޓު"ގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާއި ގުޅުންހުރި އިތުރު މަސައްކަތްތައްކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މީގެ 50 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވެގެން ދިޔައީވެސް ގިނަ ގޮންޖެހުންތަކާއި އެކުގައެވެ. އޭރު ފަތުރުވެރިކަން ކާމިޔާބު ނުވާނެ ކަމަށް ބުނި ބަޔަކު ތިބި ނަމަވެސް، މިހާރު ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ޤައުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެއަށް އައު ސިނާއަތްތައް ތަޢާރަފްކުރުމަށް ގިނަ ފުރުޞަތުތަކެއް ހުރި ނަމަވެސް، މިހާތަނަށް އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު ހުރީ މި ފުރުޞަތުތަކުގެ ބޭނުން ހިފައި ރާއްޖެ ތަރައްޤީގެ އައު ހަރުފަތަކަށް ގެންދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިޤްތިޞާދަށް އައު ސިނާޢަތްތައް ތަޢާރަފްކޮށް، ރާއްޖެއަށް މާލީ އަދި އިޤްތިޞާދީ ގޮތުން ގިނަ ކުރިއެރުންތަކެއް ގެނައުމަށެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުންވެސް އައު ސިނާޢަތްތައް ތަޢާރަފްކުރުމާއިމެދު ވިސްނާފައި އޮވެދާނެ ނަމަވެސް، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވެއެވެ. އެހެން ނަމަވެސް، މިހާރުގެ ރައީސް ޑރ. މުޢިއްޒު މިކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން ވަނީ ދާދި ފަހުން ރާއްޖެއަށް ބަންކަރިންގެ ޚިދުމަތް ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން، އިތުރު ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%