ދޮގު ޚަބަރަކީ މުޅި ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކޮށްލައި ހަލަބޮލިކޮށްލާ ވަސީލަތެއް: ނާޒިމް

އަައިޝަތު ޒީނާ | 125 ދުވަސް ކުރިން - 16:54
ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވާހަކަދައްކަވަނީ.
ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވާހަކަދައްކަވަނީ.
ޚުލާސާ

ނާޒިމް ވިދާޅުވީ ފޭކް ޚަބަރުތަކުން އޮޅުވާލަނީ ހަމައެކަނި މުޖުތަމަޢާއި ފަރުދުންނަށް ނޫން ކަމަށާއި މީސްމީޑިއާގައި ފެތުރޭ ދޮގު މަޢުލޫމާތަކީ، ހަޤީޤީ ތެދު މަޢުލޫމާތަށް ވުރެން ހަ ގުނަ ބާރަށް ފެތުރޭ މަޢުލޫމާތު ކަމަށް.

ދޮގު ޚަބަރަކީ މުޅި ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކޮށްލައި ހަލަބޮލިކޮށްލާ ވަޞީލަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ތަޤުރީރުކުރައްވަމުންނެވެ.

ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި މިއަދު ތަޤްރީރު ކުރައްވަމުން ނާޒިމް ވަނީ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން، މިއަދުގެ ޑިޖިޓަލް ވެށީގައި ކުރިމަތިވަމުންދާ، ފޭކް ނިއުސްއާއި މަޞްނޫޢީ މީޑިއާއަށް މުޖުތަމަޢު އަހުލުވެރިކޮށް، ކޮމަންވެލްތުގެ ޤައުމުތަކުން ޢާންމުންގެ ހޭލުންތެރިކަމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މި ކޮންފަރެންސްގައި ނާޒިމް ވަނީ ފޭކް ނިއުސްއާއި ސިންތެޓިކް މީޑިއާގެ ސަބަބުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ޑިމޮކްރަސީއަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ.

މި ކޮންފަރެންސްގައި ބަހުސްކޮށްފައިވާ މައުޟޫޢަކީ، ފޭކް މިޑިއާއާއި މަސްނޫޢީ މީޑިއާގެ އުފެއްދުމުގެ ޒަމާނުގައި، މީސްމީޑިއާގެ ޕޯސްޓްތަކަށް ލައިކު ޖެހުމާއި، ވޯޓު ދޭއިރު، ޑިމޮކްރެސީގެ މިނިވަން ވެށި ޙިމާޔަތްކޮށް ހަރުދަނާ ކުރުމުގައި ކޮމަންވެލްތުގެ ޕާލަމެންޓުތަކަށް އަދާކުރެވިދާނެ ދައުރާ ބެހޭ ގޮތުންނެވެ.

މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ ފޭކް ނިއުސް އާއި މަޞްނޫޢީ މީޑިއާއިން އޮޅުވާލަނީ ހަމައެކަނި މުޖުތަމަޢާއި ފަރުދުންނަށް ނޫން ކަމަށާއި، އެއީ މުޅި ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކޮށްލައި ހަލަބޮލިކޮށްލާ ވަސީލަތެއް ކަމަށެވެ.

ފޭކް ނިއުސްގެ ދާއިރާއިން ކުރެވިފައިވާ ދިރާސާތަކަށް އަލިއަޅުއްވައިލައްވަމުން ނާޒިމް ވިދާޅުވީ މީސްމީޑިއާގައި ފެތުރޭ ދޮގު މަޢުލޫމާތަކީ، ހަޤީޤީ ތެދު މަޢުލޫމާތަށް ވުރެން ހަ ގުނަ ބާރަށް ފެތުރޭ މަޢުލޫމާތު ކަމަށެވެ.

ސިޑްނީގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ބާއްވާފައިވާ 67 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސްގައި 56 ޤައުމެއްގެ މަންދޫބުން ވަނީ، ފުޅާވަމުންދާ ޑިޖިޓަލް ލޭންޑްސްކޭޕްގައި ޑިމޮކްރެސީ ރައްކާތެރިކުރުމުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%