މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި

އަައިޝަތު ޒީނާ | 127 ދުވަސް ކުރިން - 14:38
މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ މި މަޝްރޫޢުގެ ދަށުން ޤާއިމްކުރި ފުރަތަމަ އޭޓީއެމް އިފްތިތާޙްކޮށްދެއްވާފައި. އދ. އޮމަދޫގައި ޤާއިމްކުރި އެ އޭޓީއެމްއަކީ ބީއެމްއެލް އިން ރާއްޖޭގައި ޤާއިމްކުރި 150 ވަނަ އޭޓީއެމް.

މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފެވެ.

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ މި މަޝްރޫޢުގެ ދަށުން ޤާއިމްކުރި ފުރަތަމަ އޭޓީއެމް އިފްތިތާޙްކޮށްދެއްވާފައެވެ. އދ. އޮމަދޫގައި ޤާއިމްކުރި އެ އޭޓީއެމްއަކީ ބީއެމްއެލް އިން ރާއްޖޭގައި ޤާއިމްކުރި 150 ވަނަ އޭޓީއެމްއެވެ.

މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފް. / ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ އިތުރުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 103 އޭޓީއެމް ޤާއިމްކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ ޚިދުމަތް ދިނުމުގެ ލަނޑުދަނޑި ހާޞިލްކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ޖުމްލަ 90 ރަށުގައި 150 އޭޓިއެމްގެ ޚިދުމަތް ދެމުން އަންނަ ކަމަށާއި، އަންނަ އަހަރު 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓާ ނިންމުމަކީ އަމާޒެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް

"ފުރަތަމަ ފިޔަވަހީގައި 17 ރަށުގައި އޭޓިއެމް ބެހެއްޓުމަށް ވަނީ ނިންމާފައި. އަދި 31 މާރޗު 2025 ގެ ނިޔަލަށް އެ 17 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައި. އަދި އަންނަ އަހަރު ނިމޭއިރު، އޭޓީއެމްތަކުގެ ޢަދަދު 250 އަށްވުރެ ގިނަވާނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ބީއެމްއެލްގެ އަމާޒެއް ކަމަށާއި، މާލީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް ދާއިރާއިން ވެސް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%