20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރާނަން: މިނިސްޓަރ ހައިދަރު

މަރްޔަމް ޝަހުދާ | 128 ދުވަސް ކުރިން - 11:16
މިނިސްޓަރ ޑރ. އަލީ ހައިދަރު - މިނިސްޓަރ ޚައިދަރު ވިދާޅުވީ ޤާނޫނީ ބާރުވެރިކަން ގެނެސްދޭނެ ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ވަކި މާއްދާއެއް ވެސް އިތުރުކޮށް ޤާނޫނަށް އިޞްލާޙް ގެންނާނެ ކަމަށް. / ފޮޓޯ: ޚުލާސާ
މިނިސްޓަރ ޑރ. އަލީ ހައިދަރު - މިނިސްޓަރ ޚައިދަރު ވިދާޅުވީ ޤާނޫނީ ބާރުވެރިކަން ގެނެސްދޭނެ ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ވަކި މާއްދާއެއް ވެސް އިތުރުކޮށް ޤާނޫނަށް އިޞްލާޙް ގެންނާނެ ކަމަށް. / ފޮޓޯ: ޚުލާސާ
ޚުލާސާ

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ބާރުވެރިކުރުމަށް ބިލެއް ޑްރާފްޓްކޮށް، ތަންފީޒު ކުރުމަށް ފަސޭހަ ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ހައިދަރު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުން ރަސްމީގޮތުން ފެށުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން، ރާއްޖޭގެ އެކި އިދާރާތަކާއި އާންމުންގެ ޚިޔާލު ހިމެނޭހެން އެކުލަވާލައި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ގެނެސްދިނުމުގެ މަޤްސަދުގައި ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓާރ ވިދާޅުވިއެވެ. އަދި މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށް ޤާނޫނު އަސާސީއަށް ވަކި މާއްދާއެއް އިތުރުކުރަން ނިންމަވާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޕޭން އަހަރެއްހާ ދުވަސްތެރޭ އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއަދަކީ މި މަސައްކަތުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%