ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 241 ކޮމިޓީއަށް

އުސްތާޛް މުޙައްމަދު ޢަލީ | 134 ދުވަސް ކުރިން - 16:08
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ބޯޑަރުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވާއިރު ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ވަނީ ގެއްލިފަ. އެހެންކަމުން މައްސަލަ 241 ކޮމިޓީއަށް.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ބޯޑަރުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވާއިރު ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ވަނީ ގެއްލިފަ. އެހެންކަމުން މައްސަލަ 241 ކޮމިޓީއަށް.
ޚުލާސާ

މި މައްސަލަ ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް. ކޮމިޓީގެ މުޤައްރިރު މެންބަރު އަޙްމަދު ސަލީމް ވިދާޅުވީސިނގިރެޓް ސުމަގުލް ކުރުމަކީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް.

ސިނގިރެޓް ވަގަށް އެތެރެކުރާތީ ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވުމަށް ނިންމައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްއެވެ. ނާޒިމް ވިދާޅުވީ ދުންފަތާ ބެހޭ ޤާނޫނާއި އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އިތުރު މައްސަލަތައް އުފެދޭނެކަން ކުރިން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިހާރު ސިނގިރެޓް ސްމަގްލްކުރުމުގެ މައްސަލަތައް ދިމާވަމުންދާތީ، މިކަމުން ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ގެއްލުމުގެ އިތުރުން ބޯޑަރުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) އާއި އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް މި މައްސަލައަށް ތާއީދުކުރެއްވިއެވެ.

241 ކޮމިޓީގެ މުޤައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ މިހާރަކަށް އައިސް ސިނގިރެޓް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، މިއީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ޖޮއިންޓް ކޮމިޓީން ވަނީ ނާޒިމްގެ ހުށަހެޅުން ފާސްކޮށް، މި މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ފޮނުވާފައެވެ.

           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%