ގއ. އަތޮޅުގެ 7 ރަށަކާއި ގދ. އަތޮޅުގެ 2 ރަށެއްގައި ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޤާއިމްކުރުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން އިޢުލާންކޮށްފައެވެ.
މި މަސައްކަތަކީ ދިވެހި ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީ.އައި.ބީ)ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރޭގައި ޕަވަރ ޖެނެރޭޝަން ޕްލާންޓްތައް ޑިޒައިން ކުރުމާއި، ސަޕްލައި ކުރުމާއި އަދި އިންސްޓޯލް ކުރުން ހިމެނެއެވެ.
މާލީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯސީބީ) އުސޫލުގެ މަތިން، އޭޑީބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މި މަސައްކަތަށް ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 3 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާލީ ވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް އު ވުޒާރާއިން މަޢުލޫމާތުދެއެވެ.