މަތީ ތަޢުލީމާބެހޭ ވުޒާރާއިން ޚިދުމަތް ހޯދުން ފަސޭހަކޮށްދިނުމަށް ޚާއްސަ ނަންބަރެއް ތަޢާރަފްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 184 ދުވަސް ކުރިން - 14:39
މަތީތައުލީމާ ބޭހޭ ވަޒީރު މާރިޔާ
މަތީތައުލީމާ ބޭހޭ ވަޒީރު މާރިޔާ
ޚުލާސާ

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ޚިދުމަތް ހޯދުން ފަސޭހަކޮށްދިނުމަށް ތައާރަފްކޮށްފައިވަނީ ފަސޭހައިން ގުޅޭނެ ޝޯޓު ކޯޑު ނަންބަރެއް. މި ނަންބަރަކީ 1474.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ދޭ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްސަ ފޯނު ނަންބަރެއް ތަޢާރަފްކޮށްފިއެވެ. މި ނަންބަރަކީ 1474 އެވެ.

މި ކަން އިޢުލާންކުރައްވަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަބްދުﷲ ނަޒީރު ވިދާޅުވީ މިއީ ފަސޭހައިން ގުޅޭނެ ޝޯޓު ކޯޑު ނަންބަރެއް ކަމަށާއި، މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ނަޒީރު އިތުރަށް ވިދާޅުވީ މިއީ އެ ވުޒާރާއިން ކޯލް ސެންޓަރެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ފެށުން ކަމަށެވެ. މީގެ އިތުރުން، ސްޓޫޑެންޓު ޕޯޓަލް އަޕްގްރޭޑުކޮށް ރިއަލް ޓައިމްގައި މަޢުލޫމާތު ހިއްސާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ނަޒީރު ހާމަކުރެއްވިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބޭރު ޤައުމުތަކުގެ ސްކޮލަރޝިޕްތަކަށް އިޢުލާންކުރުމާއި، އެޕްލިކޭޝަންތައް ހުށަހެޅުމުގައި އެހީތެރިވެދިނުމާއި، ސަރުކާރުން ދޫކުރާ ސްޓޫޑެންޓު ލޯނު ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ.

މި އައު ނަންބަރު ތަޢާރަފްކުރުމާއެކު، ދަރިވަރުންނާއި ބެލެނިވެރިންނަށް މަތީ ތަޢުލީމާބެހޭ ވުޒާރާއާ ގުޅުން ފަސޭހަވެ، ޚިދުމަތްތައް އަވަސް ވެގެންދާނެ ކަމަށް އުންމީދު ކުރެވޭކަމަށް އެ ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%