ފްރާންސްގައި ބޮޑުވަޒީރު ކަމަށް މިޝެލް ބަޣުނިޔޭ އައްޔަންކުރުމާއި ގުޅިގެން ހަޅުތާލުތަކެއް

އުސްތާޛް އަލީ އާދަމް | 185 ދުވަސް ކުރިން - 11:43
ފުރާންސްގެ މުޒާހަރާގެ ތެރެއިން
ފުރާންސްގެ މުޒާހަރާގެ ތެރެއިން
ޚުލާސާ

މިމަހުގެ 5ވަނަ ދުވަހު މިޝެލް ބަޣުނިޔޭ އައްޔަންކުރުމަށް އިމަނުއެލް މެކްރޮން ނިންމުމާއި ގުޅިގެން ކަނާތުފިޔައިން ވަނީ ބަޣުނިޔޭ މަޤާމުން ދުރުކުރުމަށް ޕާލަމެންޓް ތެރެއިން މަސައްކަތް ކުރުމަށް ގޮވާލާފަ

ފްރާންސްގެ އެކި ހިސާބުތަކުގައި ހޮނިހިރު ދުވަހު އެއްލައްކައަށް ވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ، މުޒާހަރާ ކޮށްފިއެވެ. އެމީހުން މުޒާހަރާކުރީ އައު ބިޑުވަޒީރު ކަމަށް މިމަހުގެ 5ވަނަ ދުވަހު މިޝެލް ބަޣުނިޔޭ އައްޔަންކުރުމަށް އިމަނުއެލް މެކްރޮން ނިންމުމާއި ގުޅިގެންނެވެ. 

މިހާޜު ފްރާންސްގެ އައު ބޮޑުވަޒީރަކީ ސެންޓަރ ރައިޓް ސިޔާސީ ލީޑަރު މިޝެލް ބަޣުނިޔޭއެވެ. 

ފްރާންސްގެ އައު ބޮޑުވަޒީރަކީ ސެންޓަރ ރައިޓް ސިޔާސީ ލީޑަރު މިޝެލް ބަޣުނިޔޭ

ބީބީސީ ބުނާގޮތުން ޓްރޭޑް ޔޫނިއަންތަކާއި ކަނާތުފިޔައިގެ ނިއު ޕޮޕިއުލާ ފްރަންޓް (އެންޕީއެފް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާތަކުގައި އިންތިހާބުގައި އެންމެ ގިނަ ގޮނޑި އެންޕީއެފް އަށް ލިބުނު ނަމަވެސް އެމީހުންގެ ކެންޑިޑޭޓް ލޫސީ ކެސެޓްސް އެ މަގާމަށް ގެނައުމަށް މެކްރޮން ދެކޮޅު ހެދުމުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. 

މުޒާހަރާގެ ބައިވެރިން ގޮވާލީ މެކްރޮން ޑިމޮކްރަސީއަށް ހުތުރު އަރުވާކަމަށެވެ. ކަނާތުފިޔައިގެ ފާހަގަކޮށްލެވޭ ލީޑަރެއް ކަމަށްވާ ޖީން ލޫކް މެލެންޗޮން ވަނީ ބަޣުނިޔޭ މަޤާމުން ދުރުކުރުމަށް ޕާލަމެންޓް ތެރެއިން މަސައްކަތް ކުރުމަށް ގޮވާލާފައެވެ. 

ބަޣުނިޔޭ ވަނީ އާ ސަރުކާރެއް އެކުލަވާލުމަށް މަޝްވަރާތައް ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%