ފުށްގިރި މައްސަލައިގައި ހެކިބަސް ނުދޭން ނަރީޝް އަދި ޝުއާއު ނިންމައިފި

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 27 އޭޕްރިލް 2025 23:08
ކުއްލި ޚަބަރު: ފުށްގިރި މައްސަލައިގައި ޔާމީނުގެ ދިފާޢުގައި ހެކިބަސް ނުދިނުމަށް ނިންމައިފި.
ކުއްލި ޚަބަރު: ފުށްގިރި މައްސަލައިގައި ޔާމީނުގެ ދިފާޢުގައި ހެކިބަސް ނުދިނުމަށް ނިންމައިފި.
ޚުލާސާ

މާދަމާ އޮންނަ ފުށްގިރި މައްސަލައިގައި ޔާމީނުގެ ދިފާޢުގައި ނަރީޝް އާއި ޝުއާއުﷲ ސައީދު ހެކިބަސް ދިނުމަށް އިއުތިރާޒްކޮށްފި.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރެއްވި ކަމަށް ބުނާ މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އެޑްވައިޒަރ ޓު ޔޫތް މިނިސްޓަރ އަހުމަދު ނަރީޝް އަދި އެފްއެސްއެމްގެ ޑީއެމްޑީ ޝުއާއުﷲ ސައީދު ހެކިބަސް ދިނުމަށް އިއުތިރާޒުކޮށްފިއެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 410/Cr-C/2020 ޤަޟިއްޔާގައި ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވާ އަހުމަދު ނަރީޝް، އަމުރުގައި ބަޔާންކޮށްފައިވާ މައްސަލައާ ބެހޭ އެއްވެސް ކަމެއްގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެ މި މައްސަލައިގައި ހެކިވެރިއެއްގެ ގޮތުގައި ޙާޟިރުވުމަށް ވަނީ އިޢުތިރާޒުކޮށް ކްރިމިނަލް ކޯޓަށް ދަންނަވާފައެވެ.

މީގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝުއާއުﷲ ސައީދުވެސް ވަނީ ހެކިބަސް ދިނުމަށް އިއުތިރާޒުކޮށްފައެވެ. މައުލޫމާތު ލިބުނު ގޮތުގައި މިވަގުތު އެ ދެ ބޭފުޅުންވެސް ތިބީ ރާއްޖެއިން ބޭރުގައެވެ.

ފުށްގިރި މައްސަލައިގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި 28 އޭޕްރީލް ވާ ހޯމަ ދުވަހު (މާދަމާ) ހެނދުނު 9:00 ގައި އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ވަނީ ޗިޓުވެސް ފޮނުވާފައެވެ. އެ އަޑުއެހުމުގައި ކުރިއަށް ދާނީ ދިފާއީ ހެކިބަސް ނެގުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%