އިކޮނޮމިކް މިނިސްޓަރު ސައީދު ތުރުކީއަށް ފުރާވަޑައިގެންފި

އަހްމަދު އީޒާން | 15 ދުވަސް ކުރިން - 14 އޭޕްރިލް 2025 14:08
މީގެ ކުރިން ތުރުކީއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
މީގެ ކުރިން ތުރުކީއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޚުލާސާ

އިނޮކޮމިކް މިނިސްޓްރީން ބުނީ މި ދަތުރުގައި ބޭރުގެ ވިޔަފާރިވެރިންނާއި ތުރުކީގެ ވިޔަފާރިވެރިންނާ ވެސް ސައީދު ބައްދަލުކުރައްވާނެ ކަމަށް.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރަސްމީ ދަތުރެއްގައި ތުރުކީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްމީ ދަތުރެއްގައި މިނިސްޓަރު ސައީދު މިއަދު ތުރުކީއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުގައި ބޭރުގެ ވިޔަފާރިވެރިންނާއި ތުރުކީގެ ވިޔަފާރިވެރިންނާ ވެސް ސައީދު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުންތަކުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ރާއްޖެ އާއި ތުރުކީއާ ދެމެދުގައި އިންވެސްޓްމަންޓް އާއި ވިިޔަފާރިގެ އާ ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ބަދަހި ގުޅުމެއް ބާއްވާ ތުރުކީގެ ސަރުކާރުން މިފަހުން ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ވެސް ހަދިޔާކުރަން ނިންމައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރެއްވި އެވެ. އަދި ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖެއިން ގަނެ، މިހާރު އަންނަނީ އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%