ސަރުކާރުގެ ހައުސިންގ މަޝްރޫޢުތައް ފަށައިފި

ހުސައިން އިސްމާއިލް | 15 ދުވަސް ކުރިން - 14 އޭޕްރިލް 2025 12:34
400 ހައުސިން މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މޫސާ ޒަމީރާއި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދް.
400 ހައުސިން މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މޫސާ ޒަމީރާއި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދް.
ޚުލާސާ

ސަރުކާރުގެ ހައުސިންގ މަޝްރޫޢުތައް ފަށައިފި، ފެށީ 400 ހައުސިންގ ޔުނިޓުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް މިއަދު ފަށައިފިއެވެ.

ކުރީ ސަރުކާރުން ދައުލަތަށް ޖެއްސި ބުރަތަކުގެ ސަބަބުން މަޝްރޫޢުތައް ނުހިންގިގެން އެއްބަޔަކު ޝަކުވާ ވެސް ކުރިއެވެ. އެ ވާހަކަތަކާއި ގުޅިގެން ރައީސް މީގެ ކުރިން ވެސް ވިދާލުވެފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓާ ފެށޭއިރު މަޝްރޫޢުތައް ފެށިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިއީ އެޕްރީލް މަހެވެ. ފުރަތަމަ ކުއާޓަރު ނިމިގެން، ދެވަނަ ކުއާޓަރު ފެށުނުތާ އަދި މިވީ ބަރާބަރު ދެހަފްތާއެވެ. އެހެންކަމުން، ރައީސް ވިދާޅުވި ގޮތަށް ހަމަ އެ މަގުން މިދަނީ ކަންކަން ހިނގަމުންނެވެ.

މިއަދު ފެށި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން މި ފެށުނީ 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރާއި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދެވެ.

މި މަޝްރޫޢަކީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައީސް ޑރ. މުޢިއްޒުގެ ޕްލޭނާއެކު އާންމު ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%