ތުރުކީގެ ކަނޑުގެ ސިފައިން ބޭނުންކުރާ މަނަވަރެއް. ރާއްޖެއަށް މިބާވަތުގެ މަނަވަރެއް ތުރުކީން ދެނީ ހިލޭ ސާބަހަށް.
ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ހިލޭސާބަހަށް ހަނގުރާމަމަތީ މަނަވަރެއް ހަދިޔާކުރަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް ކުރެއްވި ދަތުރުފުޅަށްފަހު ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެ، ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޤައުމުން ދޭ މަނަވަރު މިމަހު ތިންމަސްތެރޭ ދިވެހި ސަރުކާރާއި ޙަވާލުކުރާނެއެވެ. މިއީ ޓީސީޖީ ވޮލްކަން (ޕީ-343) މަރުކާގެ މަނަވަރެކެވެ
އެމް.އެން.ޑީ.އެފް ގެ ބޭފުޅުން ތުރުކީގެ ކަނޑުގެ ސިފައިންގެ ތަމްރީނުތަކުގައި.
ތުރުކީ ސަރުކާރުން ބުނީ 58.1 މީޓަރު ދިގުމިނުގައި ހުންނަ 12،000 ހޯސްޕަވަރުގެ މި މަނަވަރު ރާއްޖެއަށް އަންނައިރު އެޤައުމުގެ ތަޖުރިބާކާރުންގެ ޓީމެއް މަނަވަރާއެކު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ހަދަންޖެހޭ ސެޓަޕްތައް އެބޭފުޅުން ހަދާނެއެވެ.
އެމް.އެން.ޑީ.އެފް ގެ ބޭފުޅުން ތުރުކީގެ ކަނޑުގެ ސިފައިންގެ ތަމްރީނުތަކުގައި.
ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެމްއެންޑީއެފްގެ ބައެއް ބޭފުޅުންނަށް އެކަމާއިގުޅޭ ގުޅޭ ޓްރެއިނިންގތައް ދެމުން އަންނަ ކަމަށާއި އަންނަ މެއި މަހުގެ 9 ގައި ޓްރެއިނިން ނިމޭނެއެވެ.
ދިވެހި ސިފައިންގެ ބޭފުޅުން ތުރުކީގެ ކަނޑުގެ ސަލާމަތާބެހޭ ބޭފުޅުންނާއެކު ބޭއްވި ތަމްރީނުގެ ތެރެއިން
ތުރުކީވިލާތަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ މުސްލިމް މިލިޓަރީ ޤައުމެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުސްލިމު ގައުމެވެ.