ކަސްޓަމްސްއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި! މުސާރަ ބަރާބަރު!

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 12 އޭޕްރިލް 2025 16:11
ކަސްޓަމްސްގެ މުވައްޒަފުން އެ އޮފީހުގެ އިވެންޓެއްގައި ބައިވެރިވަނީ / ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސްގެ މުވައްޒަފުން އެ އޮފީހުގެ އިވެންޓެއްގައި ބައިވެރިވަނީ / ފޮޓޯ: ކަސްޓަމްސް
ޚުލާސާ

މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށް. ފޯމު ހުށަޅަން ޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ރަނގަޅު މުސާރައަކާއެކު މޯލްޑިވްސް ކަސްޓަމްސްއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ. 

ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ މަގާމަށް 13 މީހަކު ހޯދަން ބޭނުންވާ ކަމަށެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގެ ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވާ ނަމަ އެވެ. އަދި ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ނަމަ އެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވާން ޖެހޭނެ އެވެ.

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ އަސާސީ މުސާރައަކީ މަހަކު 5،000ރ. އެވެ. ނޮން-ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް ނުވަތަ 1,750ރ. އާއި ސާވިސް އެލަވަންސަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި ކޮއްތަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ. އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ފައިސާ އާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މި މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަޅަން ޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

6 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%