ނުފޫޒު ފޯރުވިކަމަށް ބުނާ ދެފަނޑިޔާރުންގެ ފަހު އަޑުއެހުން މާދަމާ

ޢަބްދުﷲ ޖުނައިދު | 17 ދުވަސް ކުރިން - 12 އޭޕްރިލް 2025 15:37
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާއި މަހާޒް: ދެބޭފުޅުން މާދަމާ ޖޭ.އެސް.ސީ. އަށް ހާޒިރުވުމަށް ވަނީ އަންގަވާފަ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާއި މަހާޒް: ދެބޭފުޅުން މާދަމާ ޖޭ.އެސް.ސީ. އަށް ހާޒިރުވުމަށް ވަނީ އަންގަވާފަ.
ޚުލާސާ

ޖޭއެސްސީން އަށް ޑރ. އަޒްމިރާލްދާ ހާޒިރުވާންޖެހެނީ މާދަމާ ހެނދުނު 10:00 އަށް. މަހާޒް ހާޒިރުވާންޖެހެނީ 12:00 އަށް.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންމކަމަށްވާ، މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ތަހުގީގު ކުރަމުންދާ މައްސަލައިގެ ފަހު އަޑުއެހުމަށް މާދަމާ ހާޒިރުވުމަށް އަންގައިފިއެވެ.

ޖޭއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި، ޑރ. އަޒްމިރާލްދާ ހާޒިރުވާންޖެހެނީ މާދަމާ ހެނދުނު 10:00 އަށެވެ. އަދި މަހާޒް ހާޒިރުވާންޖެހެނީ 12:00 އަށެވެ.

މި މައްސަލައިގައި ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވެނީ، އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކުރެވުނު މައްސަލައެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށެވެ. މި މައްސަލައިގައި ދެ ފަނޑިޔާރުންގެ ބަޔާން ޖޭއެސްސީން ވަނީ ނަގާފައެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހެދި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރުވި ތަނުގައި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ތިބި މައްސަލަ ވެސް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖޭއެސްސީގެ ފަރާތުން މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި، މި މައްސަލަތައް ތަހުގީގު ކުރަމުން ދަނީ ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށާއި، ފަނޑިޔާރުގެއިގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ފަރުވާތެރިކަމާއެކު، ހުރިހާ ފަރާތެއްގެ ހައްގުތައް ރައްކާތެރިކޮށް، ހަމަހަމަކަމާއެކުގައި," އެ ބޭފުޅާ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%