މިދިޔަމަހު އެކަނި މުދަލުޒަކާތަށް 23.7 މިލިއަން ރުފިޔާ ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 12 އޭޕްރިލް 2025 16:01
މީހަކު ޒަކާތުގެ ފައިސާ ދެއްކުމަށް މަޑުކޮށްލައިގެން: މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިޔަން ރުފިޔާ ލިބުނު.
މީހަކު ޒަކާތުގެ ފައިސާ ދެއްކުމަށް މަޑުކޮށްލައިގެން: މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިޔަން ރުފިޔާ ލިބުނު.
ޚުލާސާ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު 8،800.05 ރުފިޔާއަށް ކަނޑައަޅާފަ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 34.7 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 23.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 47.6 އިންސައްތައިގެ އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާރިޗު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 23.5 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 66.6 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިޔަން ރުފިޔާ އަކީ ރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި ލިބުނު އެންމެ ބޮޑު އަދަދެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12.9 އިންސައްތައިގެ އިތުރުވުމެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު 8،800.05 ރުފިޔާއަށް ކަނޑައަޅާފައިވެއެވެ. މިއީ މީގެ ކުރިން ކަނޑައެޅިފައިވާ 9،240.35 ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މި އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިންނެވެ.

ޒަކާތް ނެރުން ވާޖިބުވަނީ މުދަލުގައި ނިޞާބު ހަމަވެ، އެ މުދާ އެ މީހެއްގެ މިލްކިއްޔާތުގައި ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުމުގެ މަސްއޫލިއްޔަތު ވަނީ މީރާއާ ހަވާލުކުރެވިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%