ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސްގެ ޝުކުރު

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 14:43
ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި. ރާއްޖޭގެ 64 ރަށެއްގައި ޢީދު ލައިޓުތައް ހަރުކޮށް ވަނީ ދިއްލާފައި
ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި. ރާއްޖޭގެ 64 ރަށެއްގައި ޢީދު ލައިޓުތައް ހަރުކޮށް ވަނީ ދިއްލާފައި
ޚުލާސާ

ރައީސް ވިދާޅުވީ، 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ކުރައްވައި، ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށް.

ރާއްޖޭގެ ކަންކޮޅުތަކުގައި 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، ފިޠުރު ޢީދުގެ ހަރަކާތްތައް އިންތިޒާމްކޮށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

މިއީ ފަހުގެ ތާރީޚުގައި އެންމެ ކުލަ ގަދަ ޢީދެވެ. މިއަހަރު ފިޠުރު ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެންނެވެ.

މިފަހަރުވެސް ޢީދުގެ އުފަލުގައި ހުރިހާ ރައްޔިތުން ބައިވެރިކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިމަސައްކަތްތަކުގައި ބައިވެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ކުރައްވައި، ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއަހަރު ފިޠުރު ޢީދު ފާހަގަކުރުމަށް، ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މުޅި ރާއްޖެ ޢީދަށް ދިއްލާލުން ހިމެނެއެވެ. މިމަސައްކަތުގެ ތެރެއިން 64 ރަށެއް ޢީދަށް ވަނީ ދިއްލާލާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އާބާދީ ބޮޑެތި ރައްތަކާއި ސިޓީތައް ހިމެނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކޮންމެ ޢީދަކާއި ދިމާކޮށް، މިހާރު ކުރަމުން އަންނަ މަސައްކަތެކެވެ.

މީގެ އިތުރުން ރާއްޖޭގައި ޢީދު ފާހަގަކުރުމުގެ ސަޤާފަތް ދައްކާލަން، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުގެ ތަމްސީލެއް ވަނީ މާލޭގެ މަގުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

މާލެ ސަރަހައްދުގައި ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް، ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ އަދި ޖުމުހޫރީ މައިދާނުގައި ވަނީ ކުޑަކުދިންގެ ޢާއިލީ ހަވީރެއް ބާއްވާފައެވެ. ޤައުމީ ދިފާޢީ ބާރުން އިސްވެ ކުރިއަށް ގެންދިޔަ މި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ކުދިންނާއި ސަލާމްކުރެއްވުމާއި ފޮޓޯ ނެންގެވުމުގައި ވަގުތު ހޭދަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%