ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ދެފަނޑިޔާރަކު ކުރިމަތިލައްވައިފި

ހުސައިން އިސްމާއިލް | 31 ދުވަސް ކުރިން - 29 މާރިޗް 2025 17:39
ފަނޑިޔާރު މުޙައްމަދު ފައިސަލް (ކ) އަދި ފަނޑިޔާރު ނިޔާޒު: ނިޔާޒަކީ ޖޭއެސްސީގެ ނައިބު ރައީސް.
ފަނޑިޔާރު މުޙައްމަދު ފައިސަލް (ކ) އަދި ފަނޑިޔާރު ނިޔާޒު: ނިޔާޒަކީ ޖޭއެސްސީގެ ނައިބު ރައީސް.
ޚުލާސާ

ހުސްވެފައިވާ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިއަދު.

ހުސްވެފައިވާ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މުޙައްމަދު ނިޔާޒް އަދި މުޙައްމަދު ފައިސަލް ކުރިމަތިލައްވައިފިއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ޝަހީދު ސުޕްރީމް ކޯޓަށް ޕްރޮމޯޓްވުމާއި ގުޅިގެންނެވެ. މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިއަދުއެވެ.

ހައިކޯޓުގެ 10 ފަނޑިޔާރުންގެ ތެރެއިން ނިޔާޒު އަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްވެސް މެއެވެ. ފަނޑިޔާރު ފައިސަލްއަކީ މިވަގުތު ވަގުތީގޮތުން ހައިކޯޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ފަނޑިޔާރެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ކަނޑައަޅާނީ ޖޭއެސްސީންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%