ބިންހެލުމުގައި ގެއްލުން ލިބުނު ޤައުމުތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ހުސައިން އިސްމާއިލް | 5 ދުވަސް ކުރިން - 02:05
ތައިލެންޑަށް އައި ބިންހެލުމާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ހާލުގައި ޖެހިފައިވާ ޢާއިލާތަކާއެކު.
ތައިލެންޑަށް އައި ބިންހެލުމާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ހާލުގައި ޖެހިފައިވާ ޢާއިލާތަކާއެކު.
ޚުލާސާ

އެމަނިކުފާނުގެ މެސެޖުގައި ބިންހެލުމުގައި މަރުވި އަދި ގެއްލުން ލިބުނު އާއިލާތަކަށް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފޮނުއްވި. އަދި މިދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ އެމީހުންނާއެކުގައި ކަމަށް ވިދާޅުވި.

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން، ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

އެމަނިކުފާނުގެ މެސެޖުގައިވަނީ، އެ ކާރިސާގައި މަރުވި މީހުންގެ ޢާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފޮނުއްވާފައެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައިވަނީ ވިދާޅުވެފައިވެއެވެ.

މި ބިންހެލުން އައީ މިޔަންމާއަށް ކަމަށްވާއިރު، ރިކްޓަރ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުގަދަ މި ބިންހެލުމުގެ އަސަރު އެ ޤައުމުގެ ވަށައިގެންވާ ބައެއް ޤައުމުޤައުމުތަކަށް ވެސް ވަނީ ކޮށްފައެވެ. މިހާތަނަށް މިޔަންމާއިން 150 މީހަކު މަރުވެފައިވާ ކަމަށް ކަށަވަރުވެފައިވާއިރު، ތައިލެންޑުން 3 މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، މި ބިންހެލުމުގައި އެ ޤައުމުތަކުގެ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%