ދިވެހިންގެ ތެރޭގައި މަޤްބޫލު ބެންގްކޮކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އައިޝަތު އީމާން | 7 ދުވަސް ކުރިން - 13:33
ބިންހުލުން އައިސްފައިވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި.
ބިންހުލުން އައިސްފައިވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި.
ޚުލާސާ

13:30ހާއިރު އައި މި ބިންހެލުމުގައި ވެއްޓުނު ޢިމާރާތެއްގެ ދަށުގައި 40 އަށްވުރެ ގިނަ މީހުން އެބަތިބި. މިއީ 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް. ކައިރި ގައުމުތަކަށްވެސް އަސަރުކުރާނެ.

ދިވެހިންގެ ތެރޭގައި މަޤްބޫލު ކަން ހޯދައިފައިވާ އަދި ބޭސްފަރުވާއަށް މަޝްހޫރު ބެންގްކޮކަށް މިއަދު މެންދުރު ފަހު 13:30 ހާއިރު ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމާއެކު ތައިލެންޑުގެ 30 ބުރީގެ ޢިމާރާތެއް ބިމާއި ހަމަވެ އެތައް ބަޔަކު ވަނީ ޢިމާރާތުގެ ދަށުވެފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެތަނުގައި މަދުވެގެން 40 މީހުން އެބަތިއްބެވެ، އެއީ ހަދަމުން އަންނަ ޢިމާރާތެކެވެ.

ކަނޑުގެ 10 ކިލޯ މީޓަރު އަޑިން އައި ބިންހެލުމާ ގުޅިގެން ބެންގްކޮކްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންވެފައިވާ އިރު އެ އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމުގައި މިއަދު ވެއްޓުނު 30 ބުރީގެ ޢިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރަނީ / ފޮޓޯ: ތައިލެންޑް

ބިންހެލުންތައް ދިރާސާ ކުރަމުން އަންނަ އެމެރިކާގެ ޖިއޮލޮޖިކަން ސާވޭ އަދި ޖަރުމަނުގެ ރިސާޗް ސެންޓަރުން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަޑުން 7.7 މެގްނިޓިއުޑް ބާރުމިނުގައެވެ.

މިޔަމްނާގެ ސަގައިންއަށް އައި މި ބިންހެލުމުގެ އަސަރު ބެންގްކޮކްގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ލާއޯސް އަދި ޗައިނާއަށް ވެސް ކުރާނެ ކަމަށް ދިރާސާކުރާ ފަރާތްތައް ބުނެއެވެ. 7.7 މެގްނިޓިއުޑްގެ ބިންހެލުން އައިތާ 12 މިނެޓު ފަހުން 6.4 މެގްނިޓިއުޑްގެ ބާރު މިނުގައި އިތުރު ބިންހެލުމެއްވެސް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމުގައި މިއަދު އަނިޔާވި މީހަކު ސަލާމަތްކޮށްގެން ގެންދަނީ / ފޮޓޯ: ދަ ގާޑިއަން

ފުރަތަމަ ބިންހެލުމާއެކު ބެންގްކޮކްގައި ހަދަމުން އަންނަ އިމާރާތެއް އެއްކޮށް ބިމާއި ހަމަވެފައިވާކަމަށް ބެންގްކޮކްގެ ފުލުހުން ބުނެފައިވެއެވެ.

ފުރަތަމަ ބިންހެލުމާއެކު ބެންގްކޮކްގައި ހަދަމުން އަންނަ އިމާރާތެއް ވަނީ ބިމާއި ހަމަވެފައި. / ފޮޓޯ: ރިއުޓާސް

ބެންގްކޮކްގައި 17 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު ގިނަ އަދަދަކަށް މީހުން ދިރިއުޅެނީ އުސް އިމާރާތްތަކުގައެވެ.

އިތުރު ތަފްސީލް އަންނަނީ...

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%