ފައިނަލުގައި ލިވަޕޫލް ބަލިކޮށް 70 އަހަރަށްފަހު ނިއުކާސަލް އަށް ނަޞްރެއް!

އުސްތާޛް މުޙައްމަދު ޢަލީ | 16 ދުވަސް ކުރިން - 10:40
ކަރަބާއޯ ކަޕްގެ ފައިނަލުގައި ލިވަޕޫލް ބަލިކޮށް ނިއުކާސަލްގެ ސަޕޯޓަރުން އުފާފާޅުކުރަނީ.
ކަރަބާއޯ ކަޕްގެ ފައިނަލުގައި ލިވަޕޫލް ބަލިކޮށް ނިއުކާސަލްގެ ސަޕޯޓަރުން އުފާފާޅުކުރަނީ.
ޚުލާސާ

1955 ވަނަ އަހަރުން ފެށިގެން އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި ތިބި ނިއުކާސަލްގެ ސަޕޯޓަރުންނަށް މިއީ އުފާވެރި ދުވަހެއް.

ނިއުކާސަލް ޔުނައިޓެޑްގެ ފޮނި ހުވަފެން ޙަޤީޤަތަކަށް ވެއްޖެއެވެ. 70 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕުގެ ޗެމްޕިއަންކަން ހޯދައި، އެ ޓީމުގެ ތާރީޚުގައި އައު ޞަފްޙާއެއް ހުޅުވައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގެ ކުލަގަދަ މަންޒަރުގެ ތެރޭގައި، 88,000 އަށްވުރެ ގިނަ ސަޕޯޓަރުންނާއެކު، ނިއުކާސަލް އިން ވަނީ މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް 2-1 އިން ބަލިކޮށް، ޓްރޮފީ އުފުލާލައިފައެވެ.

ޑޭން ބާރންގެ ފުރަތަމަ ހާފުގެ ލަނޑާއި، އެލެކްޒެންޑަރ އިސާކްގެ ދެވަނަ ހާފުގެ ލަނޑު ވަނީ ނިއުކާސަލްގެ ކާމިޔާބީގެ ބިންގާ އަޅައިދީފައެވެ. ލިވަޕޫލަށް ލަނޑެއް ޖެހުނީ އިތުރުވަގުތުގައެވެ.

1955 ވަނަ އަހަރުން ފެށިގެން އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި ތިބި ނިއުކާސަލްގެ ސަޕޯޓަރުންނަށް މިއީ އުފާވެރި ދުވަހެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%