ޕީއެސްޖީ އަތުން ޕެނަލްޓީގައި ބަލިވެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ލިވަޕޫލް ކަޓައިފި

އުސްތާޛް މުޙައްމަދު ޢަލީ | 21 ދުވަސް ކުރިން - 07:29
ލިވަޕޫލްގެ ލުއިސް ޑިއާޒް، ޕީއެސްޖީގެ ޑެސިއެ ޑުއޭ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ. / ފޮޓޯ: ޕީއެސްޖީ
ލިވަޕޫލްގެ ލުއިސް ޑިއާޒް، ޕީއެސްޖީގެ ޑެސިއެ ޑުއޭ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ. / ފޮޓޯ: ޕީއެސްޖީ
ޚުލާސާ

ޕެނަލްޓީ ޝޫޓްއައުޓްގައި ޕީއެސްޖީގެ ކީޕަރު ޑޮނަރޫމާ މޮޅު ސޭވްތަކެއް ފެނިގެންދިޔައިރު އޭނާ ވަނީ ޑާވިން ނޫނޭޒް އާއި ކަރޓިސް ޖޯންސްގެ ޕެނަލްޓީ ހުއްޓުވާފަ.

ހީކުރި ގޮތާއި ޚިލާފަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވެ، ލިވަޕޫލްގެ ޗެމްޕިއަންސް ލީގުގެ ދަތުރު ރޭ އެންފީލްޑްގައި ނިންމާލައިފިއެވެ.

ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމު ލިވަޕޫލް އަތުން 1-0 އިން ބަލިވި ނަމަވެސް، ރޭގެ މެޗުގައި ލިވަޕޫލް ދަނޑުގައި 1-0 އިން މޮޅުވެ، ޕީއެސްޖީން ވަނީ މެޗު ޕެނަލްޓީ އަށް ގޮސް ކާމިޔާބު ހޯދައިފަ އެވެ. ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 4-1 އިންނެވެ.

މެޗު ފަށައިގެން މާގިނަ އިރެއް ނުވެ ޕީއެސްޖީގެ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންސިވް ގޯހެއްގެ ފައިދާ ނަގައިގެން 12 ވަނަ މިނެޓުގައި ޑެމްބެލޭއެވެ.

މެޗުގައި ގޯލު ޖަހަން ރަނުގެ ފުރުސަތުތައް ލިވަޕޫލަށް ލިބުނު ނަމަވެސް، ފާހަގަކޮށްލެވޭ ކަމަކީ މުހައްމަދު ސަލާހު ޖެހި ގޯލް ވެސް ނިންމީ އޮފްސައިޑް ކަމަށެވެ.

ހަމައެހެންމެ، ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ޖިއަންލޫއިޖީ ޑޮނަރޫމާ ވަނީ ދިފާއު ކޮށްފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޑޮނަރޫމާ މޮޅު ކުޅުމެއް ދެއްކިއިރު އޭނާ ވަނީ ޑާވިން ނޫނޭޒް އާއި ކަރޓިސް ޖޯންސްގެ ޕެނަލްޓީ ހުއްޓުވާފައެވެ.

ޕީއެސްޖީން ވަނީ އެޓީމުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކޮށް، 4-1 އިން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%