ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 14:37
ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު: އޭނާ ވަކިކުރުމުގެ މައްސަލަ އޮތީ މަޖިލީހުގައި
ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު: އޭނާ ވަކިކުރުމުގެ މައްސަލަ އޮތީ މަޖިލީހުގައި
ޚުލާސާ

ދައުލަތުގެ މާލީކަންކަން ކުރިއެރުވުމަށް އިމާދުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކޮށް ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އޭނާ މަގާމުން ވަކި ކުރުމަށް ރައީސަށް ހުށަހަޅަން ނިންމީ ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ދައުލަތުގެ މާލީކަންކަން ކުރިއެރުވުމަށް އިމާދުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭއިރު، މި ދުވަސްވަރަކީ ސަރުކާރުގެ މަޝްރޫޢުތަކަށް ބިން ގަތުމުގެ އިތުރުން ފައިސާ ހޯދައިގެން އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާ ދަނޑިވަޅެކެވެ

ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ކޮންމެހެން ގަންނަން އެމްއެމްއޭއިން ބޭނުންވާ ބިން ގަތުމާއި ގުޅިގެން ސަރުކާރަށް އެއްބާރުލުން ނުދިނުމަށް އެމްއެމްއޭގެ ބޯޑުން ބައެއް މެންބަރުން ވަނީނއިސްތިއުފާ ދީފައިކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%