މާލެއިން 37 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 11:42
ގެއްލިގެން ހޯދަމުން އަންނަ އަބްދުﷲ ޝިހާދު.
ގެއްލިގެން ހޯދަމުން އަންނަ އަބްދުﷲ ޝިހާދު.
ޚުލާސާ

ފުލުހުން ބުނީ އޭނާގެ އާއިލާއަށް އޭނާއާ ގުޅޭ ޚަބަރެއް އެންމެ ފަހުންވީ މި މަހުގެ 8 ވަނަ ދުވަހުގެ 16:51 ގައި ކަމަށް.

މާލޭގައި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަން އަންނަަނީ ނ. މަނަދޫ، ރީޙުއްޞަބާ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު އެވެ.

ފުލުހުން ބުނީ އޭނާގެ އާއިލާއަށް އޭނާއާ ގުޅޭ ޚަބަރެއް އެންމެ ފަހުންވީ މި މަހުގެ 8 ވަނަ ދުވަހުގެ 16:51 ގައި ކަމަށެވެ.

އޭނާގެ ފޯނަށް ނުގުޅޭތާ ގިނަ ވަގުތުތަކެއް ވެފައި ވާތީ، އާއިލާއިން އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 20:05 ގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ދިރިއުޅެނީ މާލޭގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%