މާލޭގެ ގެއެއްގެ ވެރިފަރާތަށް އަނިޔާކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 3 ދުވަސް ކުރިން - 16:24
ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށްގެން ހައްޔަރުކުރި މީހުން. / ފޮޓޯ: ޕޮލިސް
ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށްގެން ހައްޔަރުކުރި މީހުން. / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ މި މައްސަލާގައި ހަތަރު މީހުން ވެސް ހައްޔަރުކުރީ ކުށުގެ ވެށިގެން ކަމަށް.

މާލޭގެ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އޭނާއަށް އަނިޔާކުރި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި، އިންޒާރު ދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ގެއަށް ރޭގެ ދަންވަރު 12:45 ހާއިރު ހަތަރު މީހަކު ވަދެ، ގެއަށް ގެއްލުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހަތަރު މީހުން ވެސް ހައްޔަރުކުރީ ކުށުގެ ވެށިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް، ރީތިހިޔާ، އުމުރުން 23 އަހަރުގެ މުހައްމަދު އަފްލާހާއި ނ. ވެލިދޫ، އެލަސް، އުމުރުން 21 އަހަރުގެ އިބްރާހިމް އަހްނަފާއި ނ. މަނަދޫ، ހަވޭލި، އުމުރުން 23 އަހަރުގެ މުހައްމަދު އަޒާން އަދި ތ. ގުރައިދޫ، ފަޒާ، އުމުރުން 21 އަހަރުގެ އަލީ ނަވާފު އެވެ.

ފުލުހުން ބުނީ މި ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%