ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ އަޒްމިރާލްދާގެ މައްސަލަ މާދަމާ

ހުސައިން އިސްމާއިލް | 3 ދުވަސް ކުރިން - 12:03
ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ: މައްސަލައިގައި މިހާތަނަށް މަހާޒް އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ.
ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ: މައްސަލައިގައި މިހާތަނަށް މަހާޒް އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ.
ޚުލާސާ

އަޒްމިރާލްދާ ވަނީ އޭނާގެ ފިރިކަލުން ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ ތަނަކުން ހައްޔަރުކޮށްފައިވާއިރު އެމައްސަލައަށް ނުފޫޒު ފޯރުވާފައިކަން ފާހަގަ ކުރެވޭ.

ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް، ބާރާއި ނުފޫޒު ބޭނުންކުރުމާއި ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތަކުގައި ސަސްޕެންޑްކުރި 3 ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކުރުމަށް އަންގައިފިއެވެ.

އަޒްމިރާލްދާ ވަނީ އޭނާގެ ފިރިކަލުން ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ ތަނަކުން ހައްޔަރުކޮށްފައިވާއިރު އެމައްސަލައަށް ނުފޫޒު ފޯރުވާފައިކަން ފާހަގަ ކުރެވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީގައި މާދަމާއަށް ތާވަލު ކޮށްފައިވާއިރު އެކަމަނާގެ ވަކީލް އިބްރާހިމް ޝަމީލް ވަނީ އަޑުއެހުންތައް ޢާންމުކޮށް ހުޅުވާލުމަށް އެދިވަޑައިގެންފައެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލައާއި ގުޅިގެން ޖޭއެސްސީން މިހާރު ވަނީ އެ މައްސަލައާ ގުޅުން ހުރި ދެ ފަނޑިޔާރެއްގެ ވަކި ތަހުގީގެއް ފަށާފައެވެ. މިއިން އެއްވެސް ކަމަކާއި ގުޅިގެން މިހާތަނަށް މަހާޒް އެއްޗެއް ވިދާޅެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%