ކޯޓަށް ހާޒިރުނުވާ މީހަކު ހޯދުމަށް ފުލުހުން އަނެއްކާވެސް އިޢުލާނުކޮށްފި

އާނާ ފަހީމް | 3 ދުވަސް ކުރިން - 11:48
ހޯދަމުންދާ މުޙައްމަދު އިބްރާހީމް، ދަފްތަރު ނަންބަރު ރސ94/264 (47އ) / ފޮޓޯ: ޕޮލިސް
ހޯދަމުންދާ މުޙައްމަދު އިބްރާހީމް، ދަފްތަރު ނަންބަރު ރސ94/264 (47އ) / ފޮޓޯ: ޕޮލިސް
ޚުލާސާ

އޭނާ އަކީ ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ގިނަ ރެކޯޑް އޮންނަ މީހެއް.

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތަށް ހާޒިރުނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ގެނައުމަށް ފުލުހުން ދެވަނަ ފަހަރަށް އިޢުލާނުކޮށްފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ މުޙައްމަދު އިބްރާހީމް، ދަފްތަރު ނަންބަރު ރސ94/264 (47އ) އެވެ. މިއީ މުޙައްމަދު އިބްރާހީމް ހޯދުމަށް ފުލުހުން އިޢުލާނުކުރި ދެވަނަ ފަހަރެވެ. މީގެ އެއް ހަފްތާ ކުރިން ވެސް އޭނާ ހޯދުމަށް އެދި ފުލުހުން އިޢުލާނެއް ކުރިއެވެ.

އޭނާ އަކީ ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ގިނަ ރެކޯޑް އޮންނަ މީހެކެވެ. ފުލުހުން ބުނި ގޮތުގައި މުޙައްމަދު އިބްރާހީމް ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުނުކުރެވޭތީއެވެ. އޭނާ ބަންދުގައި ބަހައްޓައިގެން 2025 މާރިޗު 10 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

މުޙައްމަދު އިބްރާހީމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%