ޤައުމީ ޓީމުގެ ޕްރެކްޓިސް ފަށައިފި

ހުސައިން އިސްމާއިލް | 24 ދުވަސް ކުރިން - 11:08
ގަލޮޅު ރަސްމީ ދަނޑުގައި ޤައުމީ ޓީމުގެ ޕްރެކްޓިސް ކުރިޔަށް ދަނީ / ފޮޓޯ: ވަގުތު
ގަލޮޅު ރަސްމީ ދަނޑުގައި ޤައުމީ ޓީމުގެ ޕްރެކްޓިސް ކުރިޔަށް ދަނީ / ފޮޓޯ: ވަގުތު
ޚުލާސާ

ކޯޗުނސުޒޭނާއެކު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ޕްރެކްޓިސް ފެށިއިރު އެންމެ ފުރަތަމަ ރާއްޖެއިން ކުޅޭ އެކުވެރިކަމުގެ މެޗު އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް.

ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށް އޮތް ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކާއި މި މަހު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން ރަސްމީކޮށް ފަރިތަކުރުންތައް ފަށައިފި އެވެ.

ހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ހެޑް ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުޅުނު އެންމެ ފަހު ބައިނަލްއަގްވާމީ މެޗަށް ފަހު ރަސްމީކޮށް ފަރިތަކުރުންތަކުގެ ފުރަތަމަ ކޭމްޕެވެ. އެ ސީރީޒްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އޭގެތެރެއިން ރާއްޖެއިން ވަނީ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ.

ކުރިން އެސިސްޓެންޓް ކޯޗެއްގެ މަގާމު އަދާކުރި ސުޒޭން ހައުމީ ޓީމާއި ޙަވާލުވީ އޮގަސްޓް މަހު އެވެ. އެއި ފްރާންސެސްކޯ މޮރެއިރޯ ވަކިވުމާއި ގުޅިގެންނެވެ.

ރާއްޖޭގެ ޤައުމީ ޓީމުން މާޗް 19 ގައި އިންޑިއާގެ ޝިލޮންގްގައި ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ނުކުންނައިރު އެއަށްފަހު ޓީމުން ފަށާނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ކެމްޕޭނެވެ. އެގޮތުން؛

މާޗް 25 ގައި ފިލިޕީންސްއާއި ދެކޮޅަށް

ޖޫން ގައި އީސްޓް ޓިމޯރ

އޮކްޓޯބަރ ގައި ތަޖިކިސްތާން (ފުރަތަމަ ލެގު)

އޮކްޓޯބަރ ގައި ތަޖިކިސްތާން (ދެވަނަ ލެގް)

ނޮވެމްބަރު 18 ގައި ފިލިޕީންސް (ދެވަނަ ލެގް)

މާޗް 31، 2026 ގައިއީސްޓް ޓިމޯރ

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖެއިން ފުރަތަމަ މެޗު މިމަހު އިންޑިއާގައި ކުޅޭއިރު، ރާއްޖެއިން އަބަދުވެސް އެންމެ ޖެހިލުންވާ ކުޅުންތެރިޔާ ސުނިލް ޗެތުރީ ވަނީ އިންޑިއާގެ ގައުމީ ޓީމުން އިސްތިއުފާ ދިނުމަށްފަހު އަނެއްކާވެސް އެނބުރި އެ ސްކޮޑާއި ގުޅިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%