ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ދިވެއްސަކު ހޯދަން ފުލުހުން އިއްޔެ އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ހޯދަމުން އަންނަނީ މާލެ، ގ. ސީވޭވް، މުހައްމަދު ތިބްޔާން ޝަހީން، 24 އެވެ.
ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.