މާލޭގައި ދުވާލުގަޑީ ސިނގިރެޓް ބޯން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި

އާނާ ފަހީމް | 3 ދުވަސް ކުރިން - 21:32
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެމީހާއަކީ މީގެ ކުރިން 25 ފަހަރު ބަންދުކޮށްފައިވާ މީހެއް.

ރޯދަމަހުގެ ދުވާލު މާލޭގެ މަގެއްގައި ސިނގިރެޓް ބޯން އުޅުނު 46 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:40 ހާއިރު ހައްޔަރުކުރި އެމީހާ ފުލުހުންގެ އިދާރާއަށް ގެންދިއުމުން އެތަނަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށް މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު، ހޯލްޑިންގ ރޫމުގައި ބެހެއްޓި އިރު، އެތަނުގައި ހުރި ގޮނޑީގެ އަތްގަނޑުގައި ހުރި އިސްކުރު ނައްޓައި، އަތްގަނޑު ނައްޓައި، އަދި އެތަނުގައި ހުރި ދޮރުގެ ތަޅަށް ގެއްލުން ވަނީ ގެެއްލުން ދީފައެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެމީހާއަކީ މީގެ ކުރިން 25 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%