އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރު އޮތީ ފަށައިފައި

އަހްމަދު އީޒާން | 10 ދުވަސް ކުރިން - 12:20
އައްޑޫގައި ހުންނަ ފެނަކަ އިންޖީނުގޭގައި ފެނަކައިގެ މުވައްޒަފުން: ރޯދައަށް އައްޑު ކަރަންޓް މައްސަލަ ހައްލުވާނެ ކަމަށް ރައީސް ވިދާޅުވީ ފެނަކައިން ކުރިން ދީފައިވާ ރިކިއުމަންޓްސްއަށް.
އައްޑޫގައި ހުންނަ ފެނަކަ އިންޖީނުގޭގައި ފެނަކައިގެ މުވައްޒަފުން: ރޯދައަށް އައްޑު ކަރަންޓް މައްސަލަ ހައްލުވާނެ ކަމަށް ރައީސް ވިދާޅުވީ ފެނަކައިން ކުރިން ދީފައިވާ ރިކިއުމަންޓްސްއަށް.
ޚުލާސާ

މި ވަގުތު އައްޑުއަށް މުޅިން އާ ތިން ޖެންސެޓު ގެންދިއުމަށް ވަނީ ލޯޑުކޮށްފައި. އަދި ވަރަށް އަވަހަށް އައްޑޫއަށް އެ ޖެންސެޓުތައް ގެންދެވި ވަގުތީ ހައްލެއް ލިބޭނެ.

ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރު އޮތީ މާ ކުރިން ފަށައިފަ އެވެ.

މި ރޯދަމަހު އައްޑޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އަނެއްކާވެސް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެ، އެކި ގަޑިތަކުގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިފަ އެވެ.

ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވައުދުވެޑައިގެންނެވީ އައްޑުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ކުރިން ދިން ރިކުއަމަންޓްސްއަށް ބިނާކޮށެވެ.

އެގޮތުގެ މަތިން މުޅިން އާ 1.5 ޖެންސެޓެއް އައްޑުއަށް ގެންގޮސް އައްޑޫގެ ކަރަންޓު ނެޓުވޯކަށް ގުޅާފައިވެ އެވެ. ނަމަވެސް، އެ ޖެންސެޓު ކަރަންޓު ނެޓުވޯކަށް ގުޅިތަނާ ކުރިން ބޭނުންކުރަމުން ދިޔަ ބާ ދެ ޖެންސެޓަށް މައްސަލަ ޖެހި، އަނެއްކާވެސް ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވެ، ފެނަކަ އިން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މި ވަގުތު އައްޑުއަށް މުޅިން އާ ތިން ޖެންސެޓު ގެންދިއުމަށް ވަނީ ލޯޑުކޮށްފަ އެވެ. އަދި ވަރަށް އަވަހަށް އައްޑޫއަށް އެ ޖެންސެޓުތައް ގެންދެވި ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން މިދިޔަ އަހަރު ވަނީ އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ. އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި އެ މަސައްކަތް އެއްކޮށް ނިންމައި، އޭގެ ލުއިފަސޭހަކަން އައްޑޫ ރައްޔިތުން ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%