ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ތަށިބަރި ބަދަލުކުރުމުގެ ހަރަކާތެއް ފަށައިފި

އަހްމަދު އީޒާން | 6 ދުވަސް ކުރިން - 11:16
މިނިސްޓަރު މާރިޔާއަށް  އެ މިނިސްޓްރީގެ މުވައްޒަފަކު ތަށިބަރިއެއް ދެނީ / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
މިނިސްޓަރު މާރިޔާއަށް އެ މިނިސްޓްރީގެ މުވައްޒަފަކު ތަށިބަރިއެއް ދެނީ / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
ޚުލާސާ

މި ތަށިބަރި ހަރަކާތަކީ މިނިސްޓްރީގެ މުވަޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރިމުގެ މަގުސަދުގައި މިނިސްޓްރީގެ ސްޓާފް ކުލަބުން ހިންގާ ހަރަކާތެއް.

މި ރޯދަ މަހާއި ގުޅުވައިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ތަށިބަރި ބަދަލުކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ އަޅުކަމުގެ މައްސަރަކަށް ވުމުގެ އިތުރުން ދޭދޭ ގުޅުންތައް ބަދަހިކޮށް އެކުވެރިކަން އާލާކުރުމަކީ ވެސް މި މައްސަރުގައި އިސްކަންދޭން ޖެހޭ ކަމެއް ކަމަށެވެ.

އެހެންވެ، މި ތަށިބަރި ހަރަކާތަކީ މިނިސްޓްރީގެ މުވަޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރިމުގެ މަގުސަދުގައި މިނިސްޓްރީގެ ސްޓާފް ކުލަބް "އެގްރި ރިކްރިއޭޝަން ކުލަބް" އިން ހިންގާ ހަރަކާތެއް ކަމަށް ބުންޏެވެ.

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ސްޓާފް ކުލަބުން ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%