އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަހްމަދު އީޒާން | 9 ދުވަސް ކުރިން - 14:06
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި ކިޔެވި ބައެއް ދަރިވަރުން / ފޮޓޯ: އޮސްޓްރޭލިއާ އެވޯޑްސް
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި ކިޔެވި ބައެއް ދަރިވަރުން / ފޮޓޯ: އޮސްޓްރޭލިއާ އެވޯޑްސް
ޚުލާސާ

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި އަންނަ އަހަރު ކިޔަވަން ފަށަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި އަންނަ އަހަރު ކިޔަވަން ފަށަން އެދޭ ފަރާތްތަކަށް އެ ސްކޮލަޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ފުރުސަތު ހުޅުވާލާފައިވާކަން ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައި ކޮމިޝަނުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މިސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ސްކޮލަޝިޕް އިންތިޒާމް ކުރައްވާ ފަރާތުން ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިން އެލަވަންސް އަދި ހެލްތް އިންޝުރެންސް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުން ކަމަށެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައި ކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެ ކަމަށާއި www.australiaawardsmaldives.org އިން ވެސް މައުލޫމާތު ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%