ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި, ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 13:56
މަގުމަތިން ބުޅަލެއް ހިނގާފައި ދަނީ: ބުޅަލަށް އަނިޔާ ކުރުމަކީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި. ފޮޓޯ: ޚުލާސާ
މަގުމަތިން ބުޅަލެއް ހިނގާފައި ދަނީ: ބުޅަލަށް އަނިޔާ ކުރުމަކީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި. ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބިލު ހުށަހެޅުމުގެ މަޤްޞަދަކީ ރާއްޖޭގައި ޖަނަވާރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ޖަނަވާރުތަކަށް ކުރިމަތިވާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުން

ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ވެކްސިން ދިނުން ލާޒިމްކޮށް، ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާނެވެ. މި ބިލުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. އަދި ޖަނަވާރަށް އަނިޔާ ކުރާނަމަ ދިން އަނިޔާގެ ކުޑަބޮޑުމިނަށް ބެލުމަށް ފަހު ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނާފައި ވެއެވެ.

ބިލުގައިވާ ގޮތުން، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭނަމަ ބިލު ގާނޫނަކަށްވުމުން 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަމަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%